މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ދިރާގު ރޯޑު ރޭހަށް ރީޔުزެބަލް ފެންފުޅި ގެންދިޔުމަށް އިލްތިމާސްކޮށްފި

އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ ދިރާގު ރޯޑު ރޭހުގައި ބައިވެރިވާ ދުވުންތެރިން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި އަލުން ބޭނުންކުރެވޭ ފެންފުޅި ހިފައިގެން ދިޔުމަށް ދިރާގުން އެދެފިއެވެ.

މި އަހަރުގެ ރޭހުގައި 5,600 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. ދުވުމުގެ މަގުގައި ފެން ދޫކުރާ ސްޓޭޝަންތަކުގައި މި ފަހަރު ވެސް ފެން ފޯރުކޮށްދޭނީ ކަރުދާސް ތައްޓެއްގައެވެ.

ދިރާގުން ފާހަގަކުރި ގޮތުގައި، ޕްލާސްޓިކް ފުޅި ބޭނުންނުކުރުމުގެ މި ފިޔަވަޅުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18,000 ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވައިދެއެވެ. ރާއްޖޭގެ ކަނޑުގެ ނާޒުކު މާޙައުލު ޙިމާޔަތްކުރުމާއި ޕްލާސްޓިކް ކުނި މަދުކުރުމުގެ އަމާޒުގައި ބޮޑެތި ޢާންމު އިވެންޓުތަކުގައި ތިމާވެށީގެ ގެއްލުން ކުޑަކުރެވިދާނެކަން ދިރާގު ރޯޑު ރޭހުން ވޭތުވެދިޔަ ހަ އަހަރު ސާބިތުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.