އެޗްޑީސީގެ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ހުޅުމާލޭގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
ހުޅުމާލޭގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިންގާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ގިނަ ބަޔަކަށް ޖާގަ ދިނުމުގެ ގޮތުން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގައި ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ނަން ނޯޓުކޮށްފައިވެއެވެ.
މި ޕްރޮގްރާމް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނީ ބެޗުތަކަށް ބަހާލައިގެންނެވެ. ކޮންމެ ބެޗެއްގައި ހަފުތާއަކު ތިން ދުވަހު ސެޝަންތައް ހިންގާ ގޮތަށް ޖުމުލަ 12 ސެޝަން ހިމެނެއެވެ. ސެޝަންތަކުގައި ބައިވެރިންގެ އުމުރާ ގުޅޭ ލުއި ކަސްރަތާއި ހިނގުމާއި ސްޓްރެޗިންގެ އިތުރުން ނޭވާލުމުގެ ކަސްރަތުތައް ކުރިއަށް ގެންދާނެއެވެ.
ބައިވެރިންގެ ސަލާމަތާއި ސިއްޙީ ޙާލަތަށް ޚާއްޞަ ސަމާލުކަން ދިނުމުގެ ގޮތުން ސެޝަންތައް ހިނގާ ވަގުތު ދަތުރުފަތުރުގެ އިންތިޒާމާއި ފަސްޓް އެއިޑުގެ ޚިދުމަތާއި ބޯފެނާއި އަރާމުކުރެވޭނެ އިންތިޒާމުތައް ޤާއިމުކޮށްފައި ހުންނާނެއެވެ.
އެޗްޑީސީގެ އިތުރުން ހެލްތު މިނިސްޓްރީއާއި ހުޅުމާލެ ހޮސްޕިޓަލާއި ފުލުހުންނާއި ފިޒިއޯ ސޮލިއުޝަންސާއި ޕެންޝަން އޮފީހާއި އެމްޓީސީސީއާއި އުރީދޫ އަދި އެކި އެންޖީއޯތައް ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ގޭތެރޭގައި އެކަހެރިކޮށް ތިބެން ޖެހޭ ޖެހުން ނައްތާލައި އިސްރަށްވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަން ކުރިއެރުވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް