މައިގަނޑު ބަޔަށް ދާން

ހަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ޖޭއެސްސީން ނެރުނު އިޢުލާނުގައިވާ ގޮތުން، އެ މަޤާމުގެ އަސާސީ މުސާރައަކީ މަހަކު 45,700 ރުފިޔާއެވެ. މުސާރައިގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ ކޮންމެ މަހަކު ލިބޭނެއެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް އެ މަޤާމަށް ހަމަޖެހިފައިވެއެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ 25 އަހަރު ފުރިފައިވާ، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އެ ފަރާތެއްގެ ފަނޑިޔާރުކަމުގެ ނުވަތަ ޤާނޫނީ ވަކީލުކަމުގެ މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ. ހަމައެއާ އެކު، ސިޔާސީ މަޤާމެއް ފުރަމުންދާ ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ ރެކޯޑެއް ނެތުމަކީ ވެސް ޝަރުޠެކެވެ.

މި މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 25 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. ފޯމާއި ލިޔެކިޔުންތައް ޖޭއެސްސީގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނުގެ ކައުންޓަރަށް ހުށަހެޅޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.