މައިގަނޑު ބަޔަށް ދާން

ހަބަރު

މަޖިލީހަށް ގެންދިޔަ ދަބަހުގައި ހުރީ ކުޅޭ ސާމާނު - މިނިސްޓަރު މުއްތަލިބު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދަބަހެއް ހިއްޕަވައިގެން ވެންނެވި ވީޑިއޯއަކާ ގުޅުވައި ކުރެވޭ ރިޝްވަތުގެ ތުހުމަތުތައް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ދޮގުކުރައްވައިފިއެވެ.

މަޖިލީހަށް ގެންދިޔަ ދަބަހުގައި ހުރީ ކުޅޭ ސާމާނު - މިނިސްޓަރު މުއްތަލިބު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދަބަހެއް ހިއްޕަވައިގެން ވެންނެވި ވީޑިއޯއަކާ ގުޅުވައި ކުރެވޭ ރިޝްވަތުގެ ތުހުމަތުތައް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ދޮގުކުރައްވައިފިއެވެ.

މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ރޭ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭ ގޮތުން ބައެއް މެންބަރުން ސާފުކުރައްވަން ބޭނުންފުޅުވި ކަންކަން އޮޅުންފިލުއްވައިދެއްވުމަށް، އެޓާނީ ޖެނެރަލް އަޙުމަދު އުޝާމާ އެކުގައެވެ. އެ ބައްދަލުވުމުގެ ވަގުތު ދިމާވީ އާރަށުގައި ފުޓްބޯޅަ ކުޅުއްވައި ނިންމަވައިލެއްވި ގަޑިއާ ކަމުން، ލޯންޗުން ފައިބައިވަޑައިގެން ސީދާ މަޖިލީހުގެ އިދާރާއަށް ވެންނެވީ ކުޅޭ ސާމާނު ހުރި ދަބަސް ހިއްޕަވައިގެން ކަމަށް ވިދާޅުވެފައިވެއެވެ.

އެ ތުހުމަތު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙުމަދު ނަސީމެވެ. މީކާއީލް މިއަދުގެ ޖަލްސާގައި ވިދާޅުވީ ރަސްމާލެ މެރީނާ މަޝްރޫޢަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕީއެންސީ މެންބަރުންނަށް ރިޝްވަތުގެ ފައިސާ މަޖިލީހަށް ވައްދާފައިވާ ކަމަށެވެ.

"އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑީގައި އަޅުގަނޑު އާރަށުން ފުޓްބޯޅަ ކުޅެގެން އައި ގަޑިއާ ދިމާވާތީ، ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ދިޔައީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިފައިގެންނެވެ. މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކާ ސްކޭނާ އިން ސްކޭން ވެސް ކޮށްގެންނެވެ. ބައްދަލުވުމަށް ފަހު މަޖިލިސް އިދާރާ އިން އަޅުގަނޑު ނުކުތީ އެ ދަބަސް ކޮޑުގައި އަޅުވައިގެންނެވެ،" މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މަޖިލީހުގެ އިދާރާއަކީ ސިފައިން ސެކިއުރިޓީ ބަލަހައްޓާ، ސީސީޓީވީ ކެމެރާއާއި ދަބަސް ސްކޭނަރާއި ބޮޑީ ސްކޭނަރު ހުންނަ ތަނެއް ކަމަށާއި، ދައުލަތުގެ މިނިސްޓަރުންނަށް ވެސް އެތަނަށް ވެންނެވެނީ ކުރިން އައިޑީ ކާޑު ކޮޕީ ފޮނުއްވައި ހުއްދަ ހޯއްދެވުމަށް ފަހުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.