މައިގަނޑު ބަޔަށް ދާން

ހަބަރު

މެންހެޓަން ގްރޭންޑް ހޮޓަލާ ޖެހިގެން ހުރި ކުނިކޮށި ފޭސް ތިނަކަށް ބަދަލުކުރަނީ

ހުޅުމާލޭގައި ހޮޓަލަކާ އިންވެގެން ހިންގަމުން އަންނަ ވެމްކޯގެ ކުނި ކަލެކްޝަން ސެންޓަރު ހުޅުމާލެ ފޭސް ތިނަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ވެމްކޯއިން މިއަދު ބުނެފިއެވެ.

މެންހެޓަން ގްރޭންޑް ހޮޓަލާ ޖެހިގެން ހުރި ކުނިކޮށި ފޭސް ތިނަކަށް ބަދަލުކުރަނީ

ހުޅުމާލޭގައި ހޮޓަލަކާ އިންވެގެން ހިންގަމުން އަންނަ ވެމްކޯގެ ކުނި ކަލެކްޝަން ސެންޓަރު ހުޅުމާލެ ފޭސް ތިނަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ވެމްކޯއިން މިއަދު ބުނެފިއެވެ.

ވެމްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 2017 ވަނަ އަހަރު ހުޅުވި އެ ސެންޓަރު ބަދަލުކުރާނެ ވަކި ތަނެއް ކަނޑައެޅުމުގެ މަސައްކަތް އެޗްޑީސީން މިހާރު ކުރަމުންދާ ކަމަށެވެ. އެ ސެންޓަރު ޤާއިމުކުރީ ހުޅުމާލެ ފޭސް އެކެއް ނިމޭ ހިސާބުގައި، ފަސްތަރީގެ މެންހެޓަން ގްރޭންޑް ހޮޓާ މިހާރު ހުރި ސަރަޙައްދާ ޖެހިގެންނެވެ. އެ ހޮޓާ މި މަހުގެ ހަތް ވަނަ ދުވަހު ހުޅުވުމާ އެކު ކުނިކޮށި ބަދަލުކުރުމުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

"އެ ސަރަހައްދު ނިމޭއިރަށް ރީލޮކޭޓު ކުރުމުގެ މަސައްކަތް ފެށިގެން ދާނެ،" ވެމްކޯގެ އޮފިޝަލު ވިދާޅުވިއެވެ.

މެންހެޓަން ގްރޭންޑް ހޮޓަލުގައި 162 ކޮޓަރީގެ އިތުރުން ކެފޭ ރެސްޓޯރެންޓްތަކާއި ކޮންފަރެންސް ހޯލަކާއި އައުޓްޑޯ ސުވިމިން ޕޫލެއް އަދި ސްޕާ އެންޑް ވެލްނެސް ސެންޓަރެއް ހިމެނެއެވެ. އެ ހޮޓާ ތަރައްޤީކޮށްފައި ވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ މިދިޔަ އަހަރު ހަވާލުކޮށްގެންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.