އެމްއެމްބީސީން މީޑިއާތަކުގެ ޕްރޮގްރާމް ނަންތަކުގެ ދަފްތަރެއް އެކުލަވާލަނީ
ރާއްޖޭގެ މީޑިއާ އައުޓްލެޓްތަކުން އަމިއްލައަށް އުފައްދައިގެން ގެނެސްދޭ ޕްރޮގްރާމްތަކާއި ކޮލަމްތަކުގެ ނަންތައް އެއްކޮށް ދަފްތަރެއް ތައްޔާރުކުރުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން (އެމްއެމްބީސީ) ފަށައިފިއެވެ.

އެމްއެމްބީސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ދަފްތަރު އެކުލަވާލަނީ ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ހުށަހެޅުންތަކުގެ ނަންތައް ފާސްކުރުމުގެ މަރުހަލާ ފަސޭހަކުރުމުގެ ގޮތުންނެވެ.
ނޫސް މަޖައްލާ ރަޖިސްޓަރީކުރުމުގެ ގަވައިދު (ނަންބަރު: 2026/R-27) ގެ ހަތް ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ނޫހަކަށް ނުވަތަ މަޖައްލާއަކަށް ކިޔާ ނަމަކީ ރާއްޖޭގެ މީޑިއާއަކުން އަމިއްލައަށް އުފައްދައިގެން ހިންގާ ޕްރޮގްރާމެއް ނުވަތަ ކޮލަމެއްގެ ނަމަކަށް ވެގެން ނުވާނެއެވެ. މި މާއްދާ ތަންފީޒުކުރުމަށްޓަކައި، ރާއްޖޭގައި ޚިދުމަތްދޭ މީޑިއާ އައުޓްލެޓްތަކުން އެ ތަންތަނުގެ ޕްރޮގްރާމްތަކާއި ކޮލަމްތަކުގެ ނަންތައް ކޮމިޝަނާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.
އެ ކޮމިޝަނުން ވަނީ މި މަޢުލޫމާތު 2026 ވަނަ އަހަރުގެ ނޮވެމްބަރު 22 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޮނުވުމަށް މީޑިއާތަކަށް އަންގައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް