މައިގަނޑު ބަޔަށް ދާން

ވިޔަފާރި

އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް ޑިސެމްބަރު 5 ގައި ފަށަނީ

ދިރާސާކުރާ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ ޑިސެމްބަރު މަހުގެ 5 އިން 7 އަށް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް ޑިސެމްބަރު 5 ގައި ފަށަނީ

ދިރާސާކުރާ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ ޑިސެމްބަރު މަހުގެ 5 އިން 7 އަށް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ކޮންފަރެންސް މި އަހަރު ޚާއްޞަކޮށްފައި ވަނީ ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން އިޤުތިޞާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމަށް ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އެ އޮތޯރިޓީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ފަހަރުގެ ތީމަކީ "ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީއަށް އިޤުތިޞާދީ އަދި މާލީ ހަމަޖެހުން ގެނައުން" މިއެވެ.

ތިން ދުވަހުގެ މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތައް އެމްއެމްއޭގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އިރު، އެޖެންޑާގެ މައިގަނޑު ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައި ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާ ދާއިރާތަކުގެ ތެރޭގައި މަނިޓަރީ ސިޔާސަތާއި ބާޒާރުގެ އަގުތައް ހިފެހެއްޓުމާއި، މާލީ ހަމަޖެހުން ޤާއިމުކުރުމާއި، އިސްލާމީ މާލީ ނިޒާމާއި، ޑިޖިޓަލް ފައިނޭންސާއި، އިޤުތިޞާދު ސިންދަފާތުކުރުމާއި، މޫސުމީ ރިސްކުތަކާ އެކު ދެމެހެއްޓެނިވި ތަރައްޤީ ހޯދުން ހިމެނެއެވެ.

މި ކޮންފަރެންސްގެ ބޭނުމަކީ ދާރިސުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމާ އެކު، ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުދި ޤައުމުތަކަށް ދިމާވާ އިޤުތިޞާދީ ގޮންޖެހުންތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުން ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިން މި ކޮންފަރެންސް ފުރަތަމަ ބޭއްވީ 2024 ވަނަ އަހަރުއެވެ. މިއީ ޖެހިޖެހިގެން މި ކޮންފަރެންސް ކުރިއަށް ގެންދާ ތިންވަނަ އަހަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.