އެމްޓީސީސީގެ ލީޑަރުންނަށް ޚާއްޞަ ސެޓިފިކެޓް ޕްރޮގްރާމެއް އިފުތިތާހުކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ "ލީޑަރޝިޕް ކޮންފަރެންސް 2026" ގެ ތެރެއިން އެ ކުންފުނީގެ ލީޑަރުންނަށް އަމާޒުކޮށް ލީޑަރޝިޕް ސެޓިފިކެޓް ޕްރޮގްރާމެއް ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ "ލީޑަރޝިޕް ކޮންފަރެންސް 2026" ގެ ތެރެއިން އެ ކުންފުނީގެ ލީޑަރުންނަށް އަމާޒުކޮށް ލީޑަރޝިޕް ސެޓިފިކެޓް ޕްރޮގްރާމެއް ރަސްމީކޮށް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި އެމްޓީސީސީގެ އެކި ޑިޕާޓްމަންޓުތަކުން 140 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވެފައިވެއެވެ. "ލީޑިންގ ފޯވާޑް: ޕީޕަލް، ޕާފޯމަންސް އެންޑް ޓްރާންސްފޮމޭޝަން" މި ޝިޢާރުގެ ދަށުން ބޭއްވި ކޮންފަރެންސްގެ މަޤުޞަދަކީ ލީޑަރުންގެ މެދުގައި އައު ވިސްނުންތައް ހިއްސާކޮށް ބިނާކުރަނިވި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.
ސެޓިފިކެޓް ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ. ޕްރޮގްރާމް އިފުތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމްޑީ ސަޢުދީ ވަނީ ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތްކުރުމަށް މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފައެވެ. އެމްޓީސީސީއާ ހަވާލުވެފައިވާ ޤައުމީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ އެއްބާރުލުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި އިސްނަގައިގެން އިޚުލާޞްތެރިކަމާ އެކު މަސައްކަތްކުރާނެ ހީވާގި މުވައްޒަފުން ކުންފުންޏަށް ނުހަނު ބޭނުންވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކީނޯޓް ސްޕީކަރުންގެ ގޮތުގައި ޢަފީފް ޙުސައިން، ކޯއެން ޓޭން، ސިންތިއާ ޒާއީ އަދި ލަރީސާ މަރމަން ބައިވެރިވެވަޑައިގެން ލީޑަރޝިޕާއި ޒަމާނީ ހިންގުންތެރިކަމާ ގުޅޭ ތަޖުރިބާ ހިއްސާކުރެއްވިއެވެ. އެ ބޭފުޅުންގެ ޚިދުމަތަށް އެމްޑީ ސަޢުދީ ޝުކުރު ދެންނެވިއެވެ.
އެމްޓީސީސީން ބުނީ ކުރިމަގުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭ ފެންވަރުގެ ލީޑަރުން ބިނާކޮށް އިންސާނީ ވަސީލަތް ތަރައްޤީކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަސާސް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް