މައިގަނޑު ބަޔަށް ދާން

ހަބަރު

ނުނަގައި ހުރި ޕާސްޕޯޓްތައް ހަ މަސް ފަހުން ނައްތައިލާނެ - އިމިގްރޭޝަން

ޕާސްޕޯޓް ނިމިފައި ހުންނައިރު ވެސް ގިނަ ބަޔަކު ބަލާ ނާންނަ މައްސަލަ ފާހަގަކޮށް، ވީ އެންމެ އަވަހަކަށް ޕާސްޕޯޓް ނެގުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ނުނަގައި ހުރި ޕާސްޕޯޓްތައް ހަ މަސް ފަހުން ނައްތައިލާނެ - އިމިގްރޭޝަން

ޕާސްޕޯޓް ނިމިފައި ހުންނައިރު ވެސް ގިނަ ބަޔަކު ބަލާ ނާންނަ މައްސަލަ ފާހަގަކޮށް، ވީ އެންމެ އަވަހަކަށް ޕާސްޕޯޓް ނެގުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ޕްރިންޓްކޮށް ނިމިފައިވާ ޕާސްޕޯޓެއް އިމިގްރޭޝަނުގައި ބެހެއްޓޭނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން، އޮންނަ އުސޫލުގެ ދަށުން ޕާސްޕޯޓް ނައްތައިލެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ޕާސްޕޯޓް ނިމުނު ކަމުގެ އެންގުން ލިބުމާ އެކު، ލަސްނުކޮށް ބަލާ ދިއުމަށް ސަމާލުކަން ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ. ކުރިއަށް އޮތީ ސްކޫލް ބޮޑު ބަންދާއި ގިނަ ބަޔަކު ޢުމްރާއަށް ދާ ދުވަސްވަރަކަށް ވާތީ، މި ދުވަސްވަރު ޕާސްޕޯޓް ހައްދާ މީހުންގެ ޢަދަދު އިތުރުވަމުންދާ ކަން ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޕާސްޕޯޓަށް އެދި ފޯމު ހުށަހަޅާއިރު ފޮޓޯއާ މެދު ސަމާލުވުމަށް ވެސް އިމިގްރޭޝަނުން ވަނީ ކުރިން އިލްތިމާސްކޮށްފައެވެ. ބައެއް ފަރާތްތަކުން ފޮޓޯ ނެގުމަށް ފަހު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފޮޓޯ ރީތިކޮށް ހުށަހަޅާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ގޮތަށް ފޮޓޯ އެޑިޓުކުރުމަކީ އުސޫލާ ޚިލާފު ކަމެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ޕާސްޕޯޓަކީ މީހާގެ ޝަޚްޞު ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ލިޔުމަކަށް ވާތީ، ފޮޓޯ ހުށަހެޅުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.