ޗައިނާގެ 92 ޔުނިވާސިޓީއަކުން މާސްޓާސް ހެދުމަށް 200 ސްކޮލާޝިޕް ހުޅުވާލައިފި
ޒުވާން ލީޑަރުން ބިނާކުރުމުގެ މަޤުޞަދުގައި ޗައިނާ ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ގޮތަށް، މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ 200 ސްކޮލާޝިޕް ދިވެހި ދަރިވަރުންނަށް މިއަދު ހުޅުވާލައިފިއެވެ.
ޒުވާން ލީޑަރުން ބިނާކުރުމުގެ މަޤުޞަދުގައި ޗައިނާ ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ގޮތަށް، މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ 200 ސްކޮލާޝިޕް ދިވެހި ދަރިވަރުންނަށް މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ނެރުނު އިޢުލާނުގައިވާ ގޮތުން، ޗައިނީޒް ސްކޮލާޝިޕް ކައުންސިލް މެދުވެރިކޮށް ހުޅުވައިލި މި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކުގެ މުއްދަތަކީ އެއް އަހަރެވެ. ޗައިނާގެ 92 ޔުނިވާސިޓީއެއްގައި ތަފާތު ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު މި ސްކޮލާޝިޕްތަކުން ލިބެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އަހަރުގެ މާރިޗު 29 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މި ކޯސްތަކަށް ކުރިމަތިލެވޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ބެޗެލާސް ޑިގްރީ ފުރިހަމަކޮށްފައިވުމާއި، އުމުރުން 45 އަހަރު ފުރިފައި ނުވުން ހިމެނެއެވެ.
ސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ފުރުމުގެ ކުރިން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން، ތަޢުލީމު ޙާޞިލުކުރާ މަރުކަޒަކީ އަދި ހޮވޭ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބުލުކުރާ ތަނެއް އަދި ކޯހެއްތޯ ކަށަވަރުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެހެންމެ، ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޕްރޮފެޝަނަލް ލައިސެންސެއް ބޭނުންވާ ދާއިރާތަކުން ކިޔަވާ ދަރިވަރުން، އެ ކޯސް ހިންގާ މަރުކަޒަކީ ކަމާ ގުޅޭ އިދާރާތަކުން ވެސް ބަލައިގަންނަ ތަނެއްތޯ ޔަޤީންކުރުމަށް ވެސް އެ އިޢުލާނުގައި ހަނދާންކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް