މައިގަނޑު ބަޔަށް ދާން

ހަބަރު

ފަންނީ މަޝްވަރާ ކޮމިޓީތައް އެކުލަވައިލުމުގެ އުސޫލެއް ރައީސް ކަނޑައަޅުއްވައިފި

ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން، ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އުފެއްދުމުގައި ޢަމަލުކުރާނެ އުސޫލެއް ކަނޑައަޅުއްވައި އެއަށް ޢަމަލުކުރައްވަން ފެށްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ނިންމެވުން ނިންމެވީ ނޮވެމްބަރު 15 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މެންބަރުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ. ސަރުކާރުން ބުނީ މި އުސޫލުގެ ބޭނުމަކީ އެކި ފަންނީ ދާއިރާތަކާ ގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، އެ ދާއިރާތަކުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ފަންނީ ލަފާ ހޯދޭނެ މަގު ހުޅުވައިދިނުން ކަމަށެވެ.

މި އުސޫލުގެ ދަށުން ކޮންމެ މިނިސްޓްރީއަކަށް ވަކި ފަންނީ ކޮމިޓީތަކެއް އެކުލަވައިލައްވައި، އެ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅުން ކޮމިޓީތަކަށް އައްޔަންކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. ކޮމިޓީތަކުގެ މެންބަރުން އަދާކުރައްވާ މަސައްކަތް ބައްލަވަނީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ކަމަށް ވާތީ، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި އުސޫލު އެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.