މައިގަނޑު ބަޔަށް ދާން

ހަބަރު

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ޕޯޓާއި އިޤްތިޞާދީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ލޮޖިސްޓިކްސް އަދި އިޤްތިޞާދީ މައި މަރުކަޒެއް ބިނާކުރުމަށް ދިވެހި ސަރުކާރާއި އެސްޓީއޯ އަދި އަބޫދާބީގެ ސަރޙް ގްރޫޕާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ޕޯޓާއި އިޤްތިޞާދީ މަރުކަޒެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ އުތުރުގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއި ލޮޖިސްޓިކްސް އަދި އިޤްތިޞާދީ މައި މަރުކަޒެއް ބިނާކުރުމަށް ދިވެހި ސަރުކާރާއި އެސްޓީއޯ އަދި އަބޫދާބީގެ ސަރޙް ގްރޫޕާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިކޮނޮމިކް މިނިސްޓްރީގައެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. ސަރޙް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާއެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ޕޯޓް ޒޯނަކާއި ލޮޖިސްޓިކްސް އަދި އިޤްތިޞާދީ މައި މަރުކަޒެއް ބިނާކުރުމަކީ ރާއްޖެއިން ޒަމާންވީ ތަޞައްވުރެއް ކަމަށާއި، މި އެއްބަސްވުމަކީ އެ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅުނު ތާރީޚީ ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކުން އާމްދަނީ އިތުރުކޮށް އިޤްތިޞާދު ސިންދަފާތުކުރުމުގެ ސިޔާސަތުގެ ދަށުން މިއީ ވަރަށް މުހިއްމު ފިޔަވަޅެކެވެ.

ޔޫއޭއީގެ އަބޫދާބީއަށް ނިސްބަތްވާ ސަރޙް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްރޫޢު ނިމި ޚިދުމަތް ދޭން ފެށުމުން ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މައި މަގެއްގައި އޮތް އިހަވަންދިއްޕޮޅުގެ ޖިއޮގްރަފީ މައުޤިޢުގެ ފައިދާ ރާއްޖެއަށް ފުރިހަމައަށް ލިބި، އުތުރުގެ ސަރަޙައްދުގައި ގިނަ ވަޒީފާގެ ފުރުޞަތުތަކެއް އުފެދި ވިޔަފާރީގެ އައު ދޮރުތަކެއް ހުޅުވޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.