މައިގަނޑު ބަޔަށް ދާން

ހަބަރު

އިހަވަންދިއްޕޮޅު ޕޯޓާއި އިޤުތިޞާދީ މަރުކަޒު ތަރައްޤީކުރުމަށް އަބޫދާބީގެ ސާހް ގުރޫޕާ ހަވާލުކޮށްފި

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ބަނދަރަކާއި އިޤުތިޞާދީ މަރުކަޒެއް ބިނާކުރުމުގެ މައި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެސްޓީއޯ އަދި އަބޫދާބީގެ ސާހް ގުރޫޕާ ދެމެދު މިރޭ ސޮއިކޮށްފިއެވެ.

އިހަވަންދިއްޕޮޅު ޕޯޓާއި އިޤުތިޞާދީ މަރުކަޒު ތަރައްޤީކުރުމަށް އަބޫދާބީގެ ސާހް ގުރޫޕާ ހަވާލުކޮށްފި

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ބަނދަރަކާއި އިޤުތިޞާދީ މަރުކަޒެއް ބިނާކުރުމުގެ މައި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެސްޓީއޯ އަދި އަބޫދާބީގެ ސާހް ގުރޫޕާ ދެމެދު މިރޭ ސޮއިކޮށްފިއެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓުގެ ނަން ދީފައިވާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. ސާހް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަޙުމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާއެވެ.

މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤުވާމީ ކޮމާޝަލް ބަނދަރެއް ބިނާކުރާނެއެވެ. އޭގެ އިތުރުން ލޮޖިސްޓިކްސް އާއި މެރިޓައިމް ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، ފަތުރުވެރިކަމާއި އެ ނޫން ވެސް ޚިދުމަތްތައް ހިމެނޭ ގޮތަށް އެ ސަރަޙައްދު ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ. ސާހް ގުރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

"މީގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ ވިއުގާގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެ، ވަރުގަދަ ވެގެންދާނެ އެވެ،" ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އަދި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރައްވާފައިވާ މަޝްރޫޢެކެވެ. ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ މައި މަގެއް ކަމުގައިވާ 8 ޑިގްރީ ޗެނަލް ކައިރީގައި އިހަވަންދިއްޕޮޅު އޮތުމުން، "ވިޝަން 2040" ގެ ދަށުން ރާއްޖޭގެ އިޤުތިޞާދު ފުޅާކުރުމަށް މި މަޝްރޫޢަކީ މުހިންމު ބިންގަލެއް ކަމަށް އެ މިނިސްޓްރީން ސިފަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.