އިމިގްރޭޝަން ޤާނޫނުގައި "ރެސިޑެންޓް ވިޒާ" ކެޓަގަރީއެއް ހިމެނޭ ކަމަށް ބުނެ ފެތުރީ ދޮގު މަޢުލޫމާތު: އިމިގްރޭޝަން
ސޯޝަލް މީޑިއާގައި އިމިގްރޭޝަންގެ ޤާނޫނީ އިސްލާހެއް ކަމަށް ބުނެ ދައުރުކުރަމުންދިޔަ ލިޔުންތަކެއް އެ އިދާރާއިން މިއަދު ދޮގުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އިމިގްރޭޝަންގެ ޤާނޫނީ އިސްލާހެއް ކަމަށް ބުނެ ދައުރުކުރަމުންދިޔަ ލިޔުންތަކެއް އެ އިދާރާއިން މިއަދު ދޮގުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ދައުރުވަމުންދާ އިބާރާތްތަކަކީ އެ އިދާރާއިން ޤާނޫނު އިސްލާހުކުރުމަށް ހުށަހެޅި އެއްޗެހިތަކެއް ނޫން ކަމަށާއި، އެފަދަ ވިސްނުމެއް ވެސް ގެންގުޅެފައި ނުވާ ކަމަށެވެ. އެ ލިޔުންތައް މެނިފައި ނުވާ ކަމަށް ވެސް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންނާ ގުޅުން ހުރި ޙައްސާސީ މަސައްކަތްތައް ކުރާ އިދާރާއަކާ ގުޅޭ ގޮތުން ދޮގު މަޢުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 50 ޞަފްޙާގެ މުޅިން އާ އިމިގްރޭޝަން ޤާނޫނެއްގެ ބިލެކެވެ. އެ ބިލު މިހާރު އޮތީ މަޖިލީހުގެ މަރުޙަލާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް