އެމްއެންޔޫ އިނޮވޭޓްހަބްގެ ދެވަނަ ބެޗުގެ ބައިވެރިންނަށް ވިޔަފާރި ތަމްރީނު ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިނޮވޭޓްހަބް އިންކިއުބޭޓާ ޕްރޮގްރާމުގެ ދެވަނަ ބެޗަށް ހޮވުނު ފަރާތްތަކަށް، ވިޔަފާރީގެ ޚިޔާލެއް ޢަމަލީ ވިޔަފާރިއަކަށް ބަދަލުކުރާނެ ގޮތުގެ ތަމްރީނު ސެޝަނެއް ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އިނޮވޭޓްހަބް އިންކިއުބޭޓާ ޕްރޮގްރާމުގެ ދެވަނަ ބެޗަށް ހޮވުނު ފަރާތްތަކަށް، ވިޔަފާރީގެ ޚިޔާލެއް ޢަމަލީ ވިޔަފާރިއަކަށް ބަދަލުކުރާނެ ގޮތުގެ ތަމްރީނު ސެޝަނެއް ބާއްވައިފިއެވެ.
އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވިޔަފާރީގެ ޚިޔާލުތައް ކާމިޔާބު ފުރުޞަތުތަކަށް ބަދަލުކުރުމުގެ ޢަމަލީ އުކުޅުތައް ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ. ސެޝަނުގެ ތެރޭގައި ބައިވެރިން ވަނީ ޕްރޮޑަކްޓް ޑެވެލޮޕްމަންޓު ފްރޭމްވޯކްތައް ބޭނުންކޮށްގެން ޢަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން ވެލިއު ޕްރޮޕޮޒިޝަން ތައްޔާރުކުރުމާއި، ވިޔަފާރި މޮޑެލް ބިނާކުރުމާއި، ވިޔަފާރި ތަރައްޤީކުރުމުގެ ސްޓްރެޓެޖީތަކާއި، ޕިޗިން ޓެކްނީކްތައް ވެސް މި ސެޝަނުގައި ކިޔަވައިދީފައިވެއެވެ. މި ތަމްރީނުގެ ބޭނުމަކީ ވިޔަފާރި ފެށުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ޚިޔާލުތައް ފުރިހަމަކޮށް، ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަނެ، ހުށައެޅޭ ޙައްލުތަކުގެ ފެންވަރު ވަޒަންކުރުމުގެ ޤާބިލުކަން ހޯދައިދިނުމެވެ.
އެމްއެންޔޫ އިނޮވޭޓްހަބް އިންކިއުބޭޓާ ޕްރޮގްރާމަކީ ދިރާގާއި ސްޕާކްހަބް އަދި ލެމަން އައިޑިއާޒް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައި ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަރަކާތްތެރިވާ އިރު، ރާއްޖޭގައި ވިޔަފާރީގެ ހުނަރު ތަރައްޤީކޮށް އީޖާދީ ވިސްނުން ކުރިއެރުވުމަކީ އެ ޕްރޮގްރާމުގެ މައިގަނޑު އެއް އަމާޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް