މައިގަނޑު ބަޔަށް ދާން

ހަބަރު

ދައުލަތުގެ ފްލެޓާއި ގޯތީގައި ދެ މީހުންގެ ހައްގު ކަށަވަރުކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ސަރުކާރުގެ ހައުސިން ސްކީމްތަކުން ދޫކުރާ ފްލެޓާއި އެ ނޫން ވެސް މުދަލުގައި ދެމަފިރިންނަށް ހަމަހަމަ ޙައްޤު ލިބިދިނުމަށްޓަކައި އާއިލާއާ ބެހޭ ޤާނޫނު އިޞްލާޙުކުރުމުގެ ބިލެއް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ.

ކުޑޫ ވިދާޅުވީ ހައުސިން ސްކީމްތަކުގެ ދަށުން ފްލެޓަށް ހުށަހެޅެނީ ދެމަފިރިންގެ ތެރެއިން އެންމެ ފަރާތަކަށް ކަމަށާއި، ޕޮއިންޓް ދިނުމުގައި ކައިވެންޏާއި ދަރިންގެ ޢަދަދު ހިމެނޭ ކަމަށެވެ. ރަޖިސްޓްރީ ހެދެނީ ހުށަހެޅި ފަރާތުގެ ނަން މައްޗަށް އެކަނި ކަމުން، ވަރިވެއްޖެ ޙާލަތެއްގައި ފްލެޓް ވެގެންދަނީ ވަކި ފަރާތެއްގެ މިލްކަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މުޅި އާއިލާ ބޯހިޔާވަހިކަމުން މަޙްރޫމްވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.

އާއިލާއާ ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައި ކައިވެނީގެ ތެރޭގައި ހޯދި މުދާ ޢަދުލުވެރިކަމާ އެކު ބެހުމުގެ އުސޫލެއް މިހާރު ވެސް ހިމެނިފައި އޮތް ނަމަވެސް، ދައުލަތުގެ ސްކީމްތަކުން ލިބޭ މުދަލާ މެދު ޢަމަލުކުރާނެ ސީދާ ގޮތެއް ކަނޑައެޅިފައި ނެތް ކަމަށް ކުޑޫ ވިދާޅުވިއެވެ.

"އެހެންކަމުން މި އިސްލާހުގެ ބޭނުމަކީ އެ މާއްދާއަށް ބަދަލު ގެނެސް، ދައުލަތުގެ ސްކީމްތަކުގެ ދަށުން ލިބޭ ފްލެޓާއި، އެހެނިހެން މުދަލަކީ ދެމަފިރިންނަށް ހަމަހަމަ ހައްގު ލިބޭ މުދަލުގެ ގޮތުގައި ހަމަޖެއްސުމާއި، ދައުލަތުން އެ މުދަލެއް ދިނުމުގެ މަގުސަދު ކަމަށްވާ އާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުވާނޭ ގޮތަށް އެ މާއްދާ ބަދަލުކުރުން،" ކުޑޫ ވިދާޅުވިއެވެ.

މި ބިލުން އިޞްލާޙު ގެންނަން ހުށަހަޅާފައިވަނީ އާއިލާއާ ބެހޭ ޤާނޫނުގެ 32 ވަނަ މާއްދާއަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.