އިންކަމް ޓެކްސް އާއި ޖީއެސްޓީ ޤާނޫނަށް ބަދަލު ގެންނަ ދެ ބިލު މަޖިލީހުން ފާސްކޮށްފި
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ދެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ދެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
އިންކަމް ޓެކްސް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާޤުންނެވެ. ޖީއެސްޓީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްވީ 66 މެންބަރުންގެ އިއްތިފާޤުންނެވެ. ދެ ބިލު ވެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ ސަބް ކޮމިޓީން ނިންމި ގޮތަށެވެ.
އިންކަމް ޓެކްސް ބިލުގައި ޓެކްސް ދައްކަންޖެހޭ އާމްދަނީ ހިސާބުކުރާއިރު އިންޓްރެސްޓް އުނިކުރެވޭ މިންގަނޑު ވަނީ އަލުން ކަނޑައަޅައިފައެވެ. އެގޮތުން އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކްސް-އެބިޓްޑާގެ 25 އިންސައްތައެވެ. މި ބަދަލަށް ޢަމަލުކުރާން ފެށުމަށް ހަމަޖެހިފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. މި އިޞްލާޙުގެ ސަބަބުން ދައުލަތަށް 496,300,302 ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި ޖީއެސްޓީ ބިލުގެ މައިގަނޑު މަޤްޞަދަކީ ޓެކުހަށް މަކަރުހެދުމުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުން ހަރުދަނާކުރުމެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކޮށްދީ، ރާއްޖޭގެ އިންބައުންޑް ޓޫރިޒަމަށް ހުރި ހުރަސްތައް ނައްތައިލުމަށް ވެސް މި ބިލު މުހިންމު ކަމުގައި މެންބަރުން ފާހަގަކުރައްވައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް