މީޑިއާ ކޮމިޝަންގެ ހުސް މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މަޖިލީހުގެ އިދާރާއިން މިއަދު އަލުން ހުޅުވާލައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މަޖިލީހުގެ އިދާރާއިން މިއަދު އަލުން ހުޅުވާލައިފިއެވެ.
މަޖިލީހުން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން މި މަޤާމަށް ކުރިމަތިލެވޭނީ ޢުމުރުން 30 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. އެ ފަރާތަކީ ނޫސްވެރިކަން، ބްރޯޑްކާސްޓިން، ސިޔާސަތު ކަނޑައެޅުން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ، ނުވަތަ މީޑިއާ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހޯދައިފައިވާ މީހަކަށް ވާންޖެހެއެވެ.
މީގެ އިތުރުން މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށް ވެގެން ނުވާނެ ކަމަށާއި، ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދޭ ދާއިރާގައި ވިޔަފާރީގެ ޙިއްޞާއެއް އޮތް މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ޝަރުތުކޮށްފައިވެއެވެ. ހަމައެއާ އެކު ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމާއި، ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބީ ނުވަތަ ޢައްޔަންކޮށްފައިވާ މަޤާމެއް ފުރަމުންދާ މީހަކަށް ނުވުން ލާޒިމުވެއެވެ. އިސްލާމީ ޝަރީޢަތުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށެއް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް، އަދި ޚިޔާނާތާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވާ މީހަކަށް ވެސް ވާންޖެހެއެވެ.
ޤާނޫނުގައިވާ ގޮތުން ކޮމިޝަންގެ މެންބަރެއްގެ ދައުރުގެ ދިގުމިނަކީ ފަސް އަހަރެވެ. އެއްވެސް ފަރާތަކަށް ވިދިވިދިގެން ނުވަތަ އެ ނޫން ގޮތަކަށް ވެސް ދެ ދައުރަށް ވުރެ ގިނައިން އެ މަޤާމުގައި ނުދެމިހުރެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި އިޤްރާރު، ކުށާއި ދަރަނީގެ ރިކޯޑު ފޯމު، އައިޑީކާޑު ކޮޕީ، ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހެޅުމުގެ ސުންގަޑިއަކީ 26 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް