ރައްޔިތުންގެ ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރުގެ އޮންލައިން ޕޯޓަލެއް ތައާރަފުކޮށްފި
ރައީސް އޮފީހުގެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ މެދުވެރިކޮށް ރައްޔިތުންނަށް ކަންބޮޑުވުންތައް ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ގެ ނަމުގައި އޮންލައިން ޕޯޓަލެއް މިއަދު ތައާރަފުކޮށްފިއެވެ.
ރައީސް އޮފީހުގެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ މެދުވެރިކޮށް ރައްޔިތުންނަށް ކަންބޮޑުވުންތައް ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ގެ ނަމުގައި އޮންލައިން ޕޯޓަލެއް މިއަދު ތައާރަފުކޮށްފިއެވެ.
ދުވާލާއި ރޭގަނޑު 24 ގަޑިއިރު ޚިދުމަތް ލިބޭ މި ޕޯޓަލް މިހާރު ބޭނުންކުރެވެނީ ވެބް ބްރައުޒާ މެދުވެރިކޮށެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ފޯނު އެޕެއް ވެސް ނެރުމަށް ވަނީ ހަމަޖެހިފައެވެ. ޕޯޓަލްގެ އިތުރުން އެ ބިއުރޯގެ ކޯލް ސެންޓަރު ނަންބަރު 1470 މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެއެވެ.
މި ބިއުރޯ އުފެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައެވެ. އެ ވައުދާ އެއްގޮތަށް މިދިޔަ އެޕްރީލް މަހު ބިއުރޯ ރަސްމީކޮށް އުފައްދަވައި، އެ ތަނުގެ އިސްވެރިއަކަށް ޑރ. މާހިދު ޝަރީފު ވަނީ އައްޔަންކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް