އިސްލާމީ މަރުކަޒުގެ ކާޕެޓް އައުކުރުމަށް ޕާކިސްތާނުގެ އެހީ ލިބިއްޖެ
މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް (އިސްލާމީ މަރުކަޒު)ގެ ކާޕެޓް އައުކުރުމަށް ޕާކިސްތާނު ސަރުކާރުން ދީލަތި އެހީއެއް ފޯރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް (އިސްލާމީ މަރުކަޒު)ގެ ކާޕެޓް އައުކުރުމަށް ޕާކިސްތާނު ސަރުކާރުން ދީލަތި އެހީއެއް ފޯރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ އެހީގެ ރަމްޒީ ބައި މިއަދު ވަނީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. ނަމަވެސް އެ އެހީގެ ފުރިހަމަ ތަފްސީލް އެ މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެ މިނިސްޓްރީން ބުނީ މި މަޝްރޫޢު ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށާއި، މުޅި މަޝްރޫޢު ނިމުމުން ތަފްސީލް ހާމަކުރާނެ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މީގެ 40 އަހަރު ކުރިން އިސްލާމީ މަރުކަޒު ބިނާކުރިއިރު ވެސް މިސްކިތަށް ކާޕެޓް ހަދިޔާކުރީ ޕާކިސްތާނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް