ރަށްރަށަށް ބޭސް ޑެލިވަރީ ކުރުމަށް ސްޓޭޓް ފާމާއިން ދެ ޑްރޯން ރާއްޖެ ގެނެސްފި
ރަށްރަށަށް ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ޑްރޯން މެދުވެރިކޮށް ފޮނުވުމުގެ ޓެސްޓުތައް އަންނަ އަހަރު ފެށުމަށްޓަކައި ބޭނުންވާ ދެ ޑްރޯން ރާއްޖެ ގެނެސްފިއެވެ.
ރަށްރަށަށް ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ޑްރޯން މެދުވެރިކޮށް ފޮނުވުމުގެ ޓެސްޓުތައް އަންނަ އަހަރު ފެށުމަށްޓަކައި ބޭނުންވާ ދެ ޑްރޯން ރާއްޖެ ގެނެސްފިއެވެ.
ސްޓޭޓް ފާމާއިން މިއަދު ވަނީ އެ ދެ ޑްރޯން ނޫސްވެރިންނަށް ދައްކާލައި، ޑްރޯން އޮޕަރޭޝަން ހިންގުމަށް ނިންމި ސަބަބުތައް ހާމަކޮށްފައެވެ. ސްޓޭޓް ފާމާގެ މެނޭޖިން ޑައިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ މި ޑްރޯންތައް ބެޓެރީން އޮޕަރޭޓް ކުރާ އެއްޗެހި ކަމުން، ބޭހާއި އިންޖެކްޝަން ފޯރުކޮށްދިނުމުގެ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށެވެ.
"މިއީ ވަރަށް އޮޓޮމޭޓެޑް އެއްޗެހިތަކެއް. މިއީ ޖިއޯލޮކޭޝަންގައި އެ ބުނާ ތަނަކަށް ޖައްސައިދޭ ނުވަތަ ލޭންޑްކުރުމުގެ ޕްރަގްރާމް މިއަށް ދިނީމަ ވަރަށް ޕްރިޒިޝަން ރަނގަޅު އެއްޗެހިތަކެއް،" ޝާހް މާހިރު ވިދާޅުވިއެވެ.
ޝާހް ވިދާޅުވީ ޑްރޯން ދަތުރުތައް ފެށުމުގެ ކުރިން ދަތުރުމަތީ ދިމާވެދާނެ މައްސަލަތައް ދެނެގަންނާނެ ކަމަށެވެ. އަދި އެ ދަތުރުތައް ފެށުމުގެ ކުރިން އެމްއެންޑީއެފާއި އޭވިއޭޝަން ސެކިއުރިޓީ އަދި ކަމާ ގުޅޭ އެހެން އިދާރާތަކާ އެކު ގިނަ ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ 2023 ވަނަ އަހަރު ސްވިޒަލޭންޑުގެ ރިޖިޓެކް ކުންފުންޏާ ގުޅިގެން ޑްރޯނުން ބޭސް ފޮނުވުމުގެ މަޝްރޫޢެއް ފަށައިފައެވެ. އެ އަހަރުގެ ސެޕްޓެމްބަރު މަހު ހުވަދު އަތޮޅަށް ބޭސް ފޮނުވުމުގެ ޤާބިލުކަން ލިބިފައިވާ ޑްރޯނެއް ތަޢާރަފްކޮށް، ރާއްޖޭގެ އިތުރު ސަރަޙައްދުތަކަށް ޑްރޯން ގެންނާނެ ކަމަށް އެ ފަހަރު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް