މައިގަނޑު ބަޔަށް ދާން

ވިޔަފާރި

ސަރުކާރަށް ތިން އަހަރު — ވީއައިއޭގެ ތަރައްޤީން ބޮޑެތި ކާމިޔާބީތައް ހާސިލުކޮށްފި: އެމްއޭސީއެލް

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ގެނައި ބަދަލުތަކުން އިޤުތިޞާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް ބުނެފިއެ

ސަރުކާރަށް ތިން އަހަރު — ވީއައިއޭގެ ތަރައްޤީން ބޮޑެތި ކާމިޔާބީތައް ހާސިލުކޮށްފި: އެމްއޭސީއެލް

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ބަޔާނެއްގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ގެނައި ބަދަލުތަކުން އިޤުތިޞާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބިފައިވާ ކަމަށް ބުނެފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި އާ މިނަލް ހުޅުވުމާ އެކު ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ޖަވާބުދެވޭ ފެންވަރަށް އެއާޕޯޓުގެ ޤާބިލުކަން އިތުރުވެފައިވެއެވެ. ކުރީގެ ބައިނަލްއަޤުވާމީ ޓާމިނަލް ޑޮމެސްޓިކް ޓާމިނަލަކަށް ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކާގޯ ދާއިރާއިން ވެސް ކުރިއެރުންތައް ހޯދިފައިވާ ކަމަށް އެމްއޭސީއެލުން ފާހަގަކޮށްފައިވެއެވެ. ސީ-ޓު-އެއާ ކާގޯ އިނީޝިއޭޓިވްގެ ދަށުން 2024 ވަނަ އަހަރު އިމްޕޯޓާއި އެކްސްޕޯޓް ކާގޯ އޮޕަރޭޝަންތައް ފެށި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ވައިގެ މަގުން މުދާ އުފުލުމުގެ ފުރުޞަތު ތަނަވަސްވެފައިވެއެވެ. މީގެ އިތުރުން އާ ފިއުލް ފާމަކާއި ފިއުލް ހައިޑްރަންޓް ސިސްޓަމެއް ޤާއިމުކޮށް ތެޔޮ ރައްކާކުރުމާއި ފޯރުކޮށްދިނުމުގެ ނިޒާމު ފުޅާކޮށްފައިވާ ކަމަށާއި، އާ ފަޔާ ސްޓޭޝަނާ އެކު ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ ޤާބިލުކަން އިތުރުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

"މި މުހިންމު ވަސީލަތްތަކާއެކު ހިދުމަތް ދޭން ފެށިފައިވާއިރު، އެމްއޭސީއެލްގެ މައިގަނޑު އަމާޒަކީ މި ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައި، ހިދުމަތްތަކުގެ ފެންވަރު އެންމެ މަތީ ދަރަޖައަށް ގެންގޮސް، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭނެ ފަދަ ފުރިހަމަ އެއާޕޯޓަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހެދުމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

ސަރަޙައްދީ ފެންވަރުގެ ފުރިހަމަ އެއާޕޯޓަކަށް ވީއައިއޭ ހެދުމަށް ހުރިހާ ދާއިރާއެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.