ތިން އަހަރުގެ ތެރޭ ބިލުތަކަށް 25 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކި: ރައީސް
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ފާއިތުވި ތިން އަހަރު ތެރޭ އަމިއްލަ ކުންފުނިތަކާއި އެކި ފަރާތްތަކުގެ ބިލުތަކަށް 25 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މިރޭ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ފާއިތުވި ތިން އަހަރު ތެރޭ އަމިއްލަ ކުންފުނިތަކާއި އެކި ފަރާތްތަކުގެ ބިލުތަކަށް 25 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވި އެ ޖަލްސާގައި ރައީސް ވަނީ ތިން އަހަރު ތެރޭ ސަރުކާރުން ހާސިލުކުރި ކަންކަން ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހިއްސާކުރައްވައިފައެވެ. އެގޮތުން ފާހަގަކުރެއްވި އެއް ކަމަކީ، ކުރީ ސަރުކާރުން ދައުލަތުގެ މަޝްރޫޢުތައް ހިންގުވުމަށްފަހު އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފައިސާ ދެއްކުމަށް ކުރެއްވި މަސައްކަތެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބޭރުގެ ދަރަނި ދައްކަމުން އަދި އިޤުތިޞާދު ހިންގަމުން އެ ފައިސާ ކުންފުނިތަކަށް ދެއްކެވީ ބަޖެޓު ޑެފިސިޓް ވެސް ހިފެހެއްޓެވުމާ އެކުގައެވެ. އެމަނިކުފާނު ސިފަކުރެއްވީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަ ކުންފުނިތައް އަލުން ކޮޅަށް ތެދުވެ ކުރިއަށް ދިޔުމަށް ފަހި ފުރުޞަތެއް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
"މިދިޔަ އަހަރާއި އޭގެ ކުރީ އަހަތުގައި ނުދައްކާހުރި ބިލްތަކުގެ ތެރެއިން 1.55 ބިލިއަން ރުފިޔާގެ ބިލް ދައްކައިފިން. އަދި މިދިޔަ ތިން އަހަރުގެތެރޭގައި އެކިއެކި ކުންފުނިތަކުގެ ބިލްތަކަށް އެކަނިވެސް 25 ބިލިއަން ރުފިޔާގެ ޕޭމަންޓް ހަދައިފިން،" ރައީސް ވިދާޅުވިއެވެ.
2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 124 އިންސައްތާގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވީ ކުރީ ސަރުކާރުން ނުދައްކައި ހުރި ބިލުތަކަށް ފައިސާ ދައްކައި ހަލާސްކުރެއްވުމަށް ކަމަށާއި، ތިން އަހަރުގެ ތެރޭ އެކަމުގައި ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް