މައިގަނޑު ބަޔަށް ދާން

ހަބަރު

ބިރުދެއްކުމުގެ މައްސަލައެއްގައި ފައިރިޝް ޝަރީއަތް ނިމެންދެން ބަންދަށް

ހެންވޭރުކޮޅުގައި އާންމު އުނދަގުލަކަށްވެފައިވާ އަޙްމަދު ފައިރިޝް، ބިރުދެއްކުމާއި އިންޒާރު ދިނުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ކޯޓުން އަމުރުކޮށްފިއެވެ.

ބިރުދެއްކުމުގެ މައްސަލައެއްގައި ފައިރިޝް ޝަރީއަތް ނިމެންދެން ބަންދަށް

ހެންވޭރުކޮޅުގައި އާންމު އުނދަގުލަކަށްވެފައިވާ އަޙްމަދު ފައިރިޝް، ބިރުދެއްކުމާއި އިންޒާރު ދިނުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ކޯޓުން އަމުރުކޮށްފިއެވެ.

ހއ. ހޯރަފުށީ، ނޫވިލުގޭ، އުމުރުން 43 އަހަރުގެ ފައިރިޝް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ރިމާންޑު ޖަލުގައެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި މަގުމަތީގައި ހުރި މީހަކަށް ބިރުދައްކައި އިންޒާރު ދީފައިވާ ކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ.

"މީނާގެ ކަރުގައި މީހަކު ހިފައި އަނިޔާކުރިކަމަށާއި، މީހަކަށް ބިރު ނުދައްކާކަމަށް ބުނެފައިވޭ" ބަންދު އަމުރުގައި އިތުރަށް ބުނެފައިވެއެވެ.

ފުލުހުން ބުނީ މި އަހަރުގެ އޮކްޓޫބަރު 17 ވަނަ ދުވަހު ހަވީރު ދޫހިމެރިމަގު / ހ. ލާލުގެ ކައިރީގައި ފައިރިޝް ބިރުދައްކައި އިންޒާރުދީ، މުދަލަށް ގެއްލުންދީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލަ މި މަހުގެ ހަތަރުވަނަ ދުވަހު އިސްލާހުކުރުމަށް ފަހު ޕީޖީ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.