މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ހަނދު ރުނބާ ޗެލެންޖް 2026ގެ ތަށި އެމްޕަޔަރސް އެފްސީ އުފުލާލައިފި

ދަނގެތީގައި ރޭ ކުޅުނު ފައިނަލް މެޗުގައި އެލީޓް އެފްސީ 3-0 އިން ބަލިކޮށް، ހަނދު ރުނބާ ޗެލެންޖް 2026 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީން ހޯދައިފިއެވެ.

ހަނދު ރުނބާ ޗެލެންޖް 2026ގެ ތަށި އެމްޕަޔަރސް އެފްސީ އުފުލާލައިފި

ދަނގެތީގައި ރޭ ކުޅުނު ފައިނަލް މެޗުގައި އެލީޓް އެފްސީ 3-0 އިން ބަލިކޮށް، ހަނދު ރުނބާ ޗެލެންޖް 2026 ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީން ހޯދައިފިއެވެ.

އދ. ދަނގެތީ ޤަލަމް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ފައިނަލްގައި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޔޫސުފް އިޒް އިރުޝާދު ވަނީ އެމްޕަޔަރސް އެފްސީއަށް ލީޑު ނަގައިދީފައެވެ. ދެވަނަ ހާފުގައި ލޫކް އިސްމާއީލް އަބްދުއްސަމަދު ޖެހި ދެ ގޯލާ އެކު އެ ޓީމުން ތަށި ކަށަވަރުކޮށްފައިވެއެވެ.

މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމެންޓް އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ލޫކް އިސްމާއީލް އަބްދުއްސަމަދަށެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ލޫކެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެލީޓް އެފްސީގެ ޔުމާން މުހައްމަދެވެ. ފެއާޕްލޭ ޓީމަކަށް ޔަންގް ސްޓްރައިކަރސް ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ އެމްޕަޔަރސް އެފްސީގެ ކޯޗު ޢަލީ އާދަމަށެވެ.

ޗެމްޕިއަން ޓީމަށް މުބާރާތުގެ އައްޑަނައާއި ރަން މެޑެއްޔާއި 3،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ރަނަރަޕް އެލީޓް އެފްސީއަށް ރިހި މެޑެއްޔާއި 1،000 ރުފިޔާ ދީފައިވެއެވެ.

މިމަހުގެ 11 އިން 16 އަށް ކުރިއަށް ގެންދިޔަ މި މުބާރާތަކީ ދަނގެތީ ސްކޫލުގެ އުމުރުން އަށް އަހަރާއި 14 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށް ހަ ޓީމާއި 55 ކުޅުންތެރިން ބައިވެރިވެގެން ބޭއްވި، ޤަލަމް ސްޕޯޓްސް އެކެޑަމީގެ ފުރަތަމަ ފުޓްސަލް ޗެލެންޖެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.