މައިގަނޑު ބަޔަށް ދާން

ހަބަރު

ޤުރްއާނާ ބެހޭ ވަޤްފު ޢިމާރާތް ދާރުއްނޫރުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކީރިތި ޤުރްއާނާ ބެހޭ ވަޤްފު ބިލްޑިންގު 'ދާރުއްނޫރު' ގެ މަޝްރޫޢު އިފްތިތާޙްކޮށް، އެ ޢިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ދައްކައިލައިފިއެވެ.

ވަޤްފުގެ ދާއިރާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހިންގާ މަސައްކަތްތަކުގެ ތެރެއިން ބިނާކުރާ މި ޢިމާރާތަކީ 15 ބުރީގެ ޢިމާރާތެކެވެ. އެ ޢިމާރާތުގައި އޮފީސް ޖާގައާއި، ވިޔަފާރި ސަރަޙައްދުތަކާއި، ހޯލާއި، ބައްދަލުވުންތަކަށް ޚާއްޞަ ކޮޓަރިތަކާއި، ލައިބްރަރީގެ އިތުރުން ރެސްޓޯރެންޓެއް ހިމެނޭނެއެވެ. މުޅި ޢިމާރާތް ފަރުމާކޮށްފައި ވަނީ އެތަނުން ނަފާ ލިބޭ ގޮތަށެވެ.

މި މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ އިރު، ޢަމަލީ މަސައްކަތް 2027 ވަނަ އަހަރުގެ ޖެނުއަރީގައި ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ދާރުއްނޫރުގެ އިތުރުން މާލެ ސަރަޙައްދުގައި ދާރުލްއަރްޤަމް އަދި ދާރުއްސަލާމް ވަޤްފު މަޝްރޫޢުގެ ނަމުގައި އިތުރު ދެ ވަޤްފު ޢިމާރާތެއްގެ މަސައްކަތް ވެސް މިހާރު ވަނީ ފެށިފައެވެ. މި ތިން މަޝްރޫޢު ނިމުމުން، ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ އިސްލާމީ ދާއިރާގެ މަސައްކަތްތައް ހިންގޭ މިންވަރަށް މިނިސްޓްރީއަށް ނަފާ ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.