މައިގަނޑު ބަޔަށް ދާން

ހަބަރު

ޒުވާނުން ބިނާކުރުމާއި ކުޅިވަރާއި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީތައް ނައިބު ރައީސް ފާހަގަކޮށްފި

ޒުވާނުންނަށް ބިނާކުރަނިވި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށް ފާއިތުވި ތިން އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ޒުވާނުން ބިނާކުރުމާއި ކުޅިވަރާއި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީތައް ނައިބު ރައީސް ފާހަގަކޮށްފި

ޒުވާނުންނަށް ބިނާކުރަނިވި މުޖުތަމަޢެއް ޤާއިމުކޮށްދިނުމަށް ފާއިތުވި ތިން އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ނައިބު ރައީސް ވިދާޅުވީ، ޤައުމީ ޚިދުމަތަށް ނިކުންނަ ޒުވާނުންނަކީ ޤައުމީ ލޯތްބާއި ރަނގަޅު އަޚުލާޤު ހުރި ބައެއްގެ ގޮތުގައި ތައްޔާރުކުރެވިފައިވާ ކަމަށެވެ. އެ ޒުވާނުން ކުރިމަގުގައި މުއައްސަސާތައް ހިންގުމާ ހަވާލުވާއިރު ވަގުތަށް ކަމޭހިތާ ހެޔޮލަފާ ބައެއްގެ ގޮތުގައި ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ދީނީ ގޮތުން ހޭލުންތެރި ޒުވާނުންތަކެއް ތައްޔާރުކުރެވިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ދާއިރާއާ ގުޅޭ ގޮތުން ނައިބު ރައީސް ވިދާޅުވީ ނެޓްބޯޅައާއި ފުޓްސަލް ކޮމްޕްލެކްސެއް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ޕާކިސްތާނު ސަރުކާރުގެ ހިލޭ އެހީގައި ކްރިކެޓް ސްޓޭޑިއަމެއް ވެސް ތަރައްޤީ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ޤައުމީ މަޞްލަޙަތާއި މިނިވަންކަން ޙިމާޔަތްކުރެވޭ ސިޔާސަތެއް ތަންފީޒުކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ. އެކުވެރި ޤައުމުތަކާ ގުޅުން ބަދަހިކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖޭގެ ޤަދަރު އުފުލައި، ބޭރުގެ އިންވެސްޓްމެންޓް ގެނައުމުގައި ކާމިޔާބީ ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ. ސިޑްސްގެ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އަޑަކީ މިހާރު ވަރަށް މުހިންމު އަޑެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

އިޖުތިމާޢީ ރައްކާތެރިކަމާ ގުޅޭ ގޮތުން ނައިބު ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާ ހަރުދަނާކުރުމާ އެކު، އިސްރަށްވެހިންގެ ތަޖުރިބާއާއި ފިކުރު ޒުވާން ޖީލަށް ފޯރުކޮށްދިނުމުގެ މަސައްކަތް އިސްރަށްވެހިންގެ ނާދީ މެދުވެރިކޮށް ހިނގަމުންދާ ކަމަށެވެ. އޭގެ އިތުރުން ޚުލްޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުމުގެ މަޤުޞަދުގައި އިޙްތިރާމް އަދާކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފައްޓަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.