މައިގަނޑު ބަޔަށް ދާން

ހަބަރު

ސަރުކާރަށް ތިން އަހަރު ފުރުމުގެ ޖަލްސާގައި ރައީސް އިދިކޮޅަށް ރައްދު ދެއްވައިފި

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ ޖަލްސާގައި ރައީސް އިދިކޮޅަށް ރައްދު ދެއްވައިފި

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ހުސް ވާހަކަ ދައްކަވާނެ ބޭފުޅެއް ނޫން ކަމަށާއި ވާހަކަ ދައްކަވާނީ ނަތީޖާއިން ކަމަށެވެ. އިދިކޮޅު ފަރާތްތައް ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި ރައްޔިތުންނާ އެކީ ހަގީގީ ދުނިޔޭގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އިދިކޮޅަށް ރައްދު ދެއްވިއެވެ.

"އަޅުގަނޑުމެން ވާހަކަ ދައްކާނީ ނަތީޖާއިން. ހުސް ވާހަކައެއް ނުދައްކާނަން. އަޅުގަނޑުމެން އުޅޭނީ ޙަޤީޤީ ދުނިޔޭގައި. އިދިކޮޅު މީހުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބާފައި އަޅުގަނޑުމެންދާނީ ރައްޔިތުންނާއެކީ ޙަޤީޤީ ދުނިޔޭގައި ކުރިއަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ސަރުކާރުގެ ކާމިޔާބީތައް އޮޅުވައިލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ފާހަގަކުރައްވަމުންނެވެ. އެ ޖަލްސާގައި ރައީސް ވަނީ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމާއި ޒުވާން ޙާފިޒުންގެ ޕްރޮގްރާމުގެ ކާމިޔާބީ އާއި އިޤުތިޞާދު ހަމަމަގަށް އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރެއްވުމަށާއި އަސްކަރިއްޔާ ވަރުގަދަކުރެއްވުމަށް އެޅުއްވި ފިޔަވަޅުތައް ފާހަގަކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.