މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޗައިނާގެ އަސްކަރީ ތަމްރީނުތަކަކީ ބިރުދެއްކުމުގެ ޢަމަލެއް: ޓައިވާން

ޓައިވާން ކައިރީގައި މިމަހު ކުރީކޮޅު ޗައިނާއިން ހިންގި އަސްކަރީ ތަމްރީނުތަކަކީ ޓައިވާނަށް ބިރުދެއްކުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކެއް ކަމަށް ޓައިވާނުގެ އޮފިޝަލުން ސިފަކޮށްފިއެވެ.

ޗައިނާގެ އަސްކަރީ ތަމްރީނުތަކަކީ ބިރުދެއްކުމުގެ ޢަމަލެއް: ޓައިވާން

ޓައިވާން ކައިރީގައި މިމަހު ކުރީކޮޅު ޗައިނާއިން ހިންގި އަސްކަރީ ތަމްރީނުތަކަކީ ޓައިވާނަށް ބިރުދެއްކުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކެއް ކަމަށް ޓައިވާނުގެ އޮފިޝަލުން ސިފަކޮށްފިއެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ތަމްރީނުތަކުގައި 100 އަށްވުރެ ގިނަ އަސްކަރީ އަދި ކޯސްޓްގާޑް އުޅަނދު ބޭނުންކޮށް، ޓައިވާނާއި އެ ނޫން ވެސް ތަންތަނަށް ހަމަލާ ދިނުމުގެ ތައްޔާރީ ތަމްރީނުތައް ހިންގާފައިވެއެވެ. ޓައިވާނުގެ އޮފިޝަލުން ފާހަގަކުރާ ގޮތުގައި މިފަހަރުގެ ތަމްރީނުތައް ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ޗައިނާއިން ރަސްމީކޮށް ބޭއްވި ތަމްރީނުތަކަށް ވުރެ ވެސް ފުޅާ ތަމްރީނުތަކަކަށެވެ. މީގެ އިތުރުން ޗައިނާގެ ސަބްމެރީންތަކުން ޔެލޯ ސީ އިން ޗައިނާއާ ދިމާއަށް ޓެސްޓް މިސައިލް ވެސް ފޮނުވާފައިވެއެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ ވަކިވެގެން އުޅޭ ޗައިނާގެ ޕްރޮވިންސެކެވެ. މިދިޔަ ބުރާސްފަތި ދުވަހު ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ވަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ހަދާނެ ކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ. އެހެން ނަމަވެސް އެކަމަށް ބާރުގެ ބޭނުންކުރާނެ ކަމަކަށް ބުނެފައެއް ނުވެއެވެ.

ޓައިވާނާ މެދު ޗައިނާއިން ދެމުން އަންނަ އިންޒާރުތައް ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭ އިތުރުވެފައިވާއިރު، އެ ސަރަޙައްދުގައި ހަމަނުޖެހުން ފެށިދާނެ ކަމުގެ ކަންބޮޑުވުން ހުޅަނގުގެ ޤައުމުތަކުން ދަނީ ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.