ޗިޕް އެކްސްޕޯޓް އިތުރަށް ހަނިކޮށްފިނަމަ ރައްދު ދޭނެ ކަމުގެ އިންޒާރު ޗައިނާއިން ދީފި
އެންވީޑިއާ ފަދަ ކުންފުނިތަކުން އުފައްދާ ޒަމާނީ އޭއައި ޗިޕްތައް ޗައިނާއަށް ވިއްކުން އިތުރަށް ހަނިކުރުމަށް އެމެރިކާއިން އެކުލަވައިލި އައު ގަވާއިދާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ރައްދު ފިޔަވަޅު އެޅުމުގެ އިންޒާރު ޗައިނާއިން ދީފިއެވެ.
އެންވީޑިއާ ފަދަ ކުންފުނިތަކުން އުފައްދާ ޒަމާނީ އޭއައި ޗިޕްތައް ޗައިނާއަށް ވިއްކުން އިތުރަށް ހަނިކުރުމަށް އެމެރިކާއިން އެކުލަވައިލި އައު ގަވާއިދާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ރައްދު ފިޔަވަޅު އެޅުމުގެ އިންޒާރު ޗައިނާއިން ދީފިއެވެ.
ޗައިނާގެ ކޮމަރސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ގަވާއިދު ތަންފީޒުކޮށް ޗައިނާއަށް ދޫތަކެއް ނުދީފިނަމަ ރައްދުގައި ފިޔަވަޅު އެޅުމަށް ޗައިނާ ތައްޔާރަށް އޮތެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު ޓެކްނޮލޮޖީގެ ދާއިރާއިން ހޫނުވެފައިވާ ވާދަވެރިކަމުގެ ތެރެއިން 2022 ވަނަ އަހަރުން ފެށިގެން އެމެރިކާއިން ދަނީ ފަހުގެ ސެމީކޮންޑަކްޓާ ޗިޕްތަކާއި އެ ތަކެތި އުފައްދާ އާލާތްތައް ޗައިނާއަށް އެކްސްޕޯޓުކުރުން މަނާކޮށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެމެރިކާގެ މައިގަނޑު މަޤުޞަދަކީ އަސްކަރީ ކަންކަމާއި ސުޕަކޮމްޕިއުޓިންގ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ޗައިނާ ކުރިއަރައިދިޔުން ހުއްޓުވުމެވެ.
މި ފިޔަވަޅުތަކާ ހެދި އެންވީޑިއާ ފަދަ އެމެރިކާގެ ބޮޑެތި ޗިޕް ކުންފުނިތަކުން ޗައިނާގެ ބާޒާރަށް ޚާއްޞަކޮށް ބާރު ދަށް ޗިޕްތައް އުފައްދަން ޖެހިފައިވީ ނަމަވެސް، އެމެރިކާ ސަރުކާރުން ދަނީ އެ ގަވާއިދުތައް ވެސް އިތުރަށް ހަރުކަށި ކުރަމުންނެވެ. ރައްދެއްގެ ގޮތުން ޗައިނާއިން ވަނީ ޗިޕް އުފެއްދުމަށް ބޭނުންވާ މުހިންމު މައުދަންތައް ބޭރުކުރުން ކޮންޓްރޯލްކޮށް، އަމިއްލަ ސެމީކޮންޑަކްޓާ ސިނާޢަތް ބިނާކުރުމަށް ބޮޑެތި އިންވެސްޓްމަންޓުތައް ފަށައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް