މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ޓެމޫގެ މުދާ މޮޑަރޭޓް ނުކުރެވޭ މައްސަލާގައި އީޔޫ އިން އިތުރު ފިޔަވަޅު އަޅަނީ

ޗައިނާގެ އީކޮމަރސް ކުންފުނި ޓެމޫ އާ ދެކޮޅަށް އިތުރު ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން ތައްޔާރަށް ތިބި ކަން ހާމަކޮށްފިއެވެ.

ޓެމޫގެ މުދާ މޮޑަރޭޓް ނުކުރެވޭ މައްސަލާގައި އީޔޫ އިން އިތުރު ފިޔަވަޅު އަޅަނީ

ޗައިނާގެ އީކޮމަރސް ކުންފުނި ޓެމޫ އާ ދެކޮޅަށް އިތުރު ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން ތައްޔާރަށް ތިބި ކަން ހާމަކޮށްފިއެވެ.

ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކުގައި ޓެކްނޮލޮޖީ ދާއިރާ ބެލެހެއްޓުމުގެ ޒިންމާ އުފުލާ ޔޫރަޕިއަން ކޮމިޝަނުން ބުނާ ގޮތުގައި، ޓެމޫގެ ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ޚިލާފަށް ތަކެތި ވިއްކުން ހުއްޓުވުމުގައި އެ ކުންފުނި ވަނީ ނާކާމިޔާބުވެފައެވެ. ޓެމޫގައި ލިސްޓުކޮށްފައި ހުންނަ މުދާ މޮޑަރޭޓް ކުރުމުގައި އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކަމަށާއި، ވިއްކާ ތަކެއްޗަކީ އީޔޫގެ މިންގަނޑުތަކަށް ފެތޭ ތަކެތިކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް ކޮމިޝަނުން ތުހުމަތުކޮށްފައިވެއެވެ.

މި ތުހުމަތުތަކަށް ޖަވާބުދެމުން ޓެމޫ އިން ބުނީ ގަވާއިދާ ޚިލާފު މުދާ ވިއްކުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އެ ކުންފުނިން މިހާރު ވެސް އަޅާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ޔޫރަޕިއަން ކޮމިޝަނާ އެކު ޙައްލަކާ ހިސާބަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ޓެމޫ އިން ބުނެފައިވެއެވެ.

ޔޫރަޕިއަން ކޮމިޝަނުން ވަނީ ޓެމޫ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެފައެވެ. މި މައްސަލާގައި ޓެމޫ ކުށްވެރިވާ ކަމަށް ކޮމިޝަނުން ނިންމައިފި ނަމަ، އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ ޖޫރިމަނާއެއް އެ ކުންފުންޏަށް ކުރިމަތިވެދާނެއެވެ.

އީޔޫ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް ގެއްލުން ހުރި މުދާ ގަވާއިދާ ޚިލާފަށް ވިއްކި މައްސަލާގައި މި އަހަރުގެ ކުރީކޮޅު ވެސް ޓެމޫ 232 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.