މައިގަނޑު ބަޔަށް ދާން

ވިޔަފާރި

އެސްޓީއޯއަށް މިއަހަރު އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބޭނެ: ސީއީއޯ ޝިމާދު

މިއަހަރު ނިމޭއިރު އެސްޓީއޯއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯއަށް މިއަހަރު އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބޭނެ: ސީއީއޯ ޝިމާދު

މިއަހަރު ނިމޭއިރު އެސްޓީއޯއަށް އެއް ބިލިއަން ރުފިޔާގެ ފައިދާ ލިބޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ހަފުތާ 156 ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން އެސްޓީއޯގެ އާމްދަނީއާއި ޖުމްލަ ފައިދާ އަދި ސާފު ފައިދާ ވެސް އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ނިންމާލީ ގާތްގަނޑަކަށް 650 މިލިއަން ރުފިޔާގެ ސާފު ފައިދާއާ އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން 2024،25،26 އަދި 23 އިން ފެށިގެންވެސް އަހަރަކަށްވުރެ އަހަރެއް މިދަނީ އަޅުގަނޑުމެންގެ އާމްދަނީވެސް ޖުމްލަ ފައިސާ ގްރޮސް ޕްރޮފިޓްވެސް އަދި ނެޓް ޕްރޮފިޓްވެސް އިތުރުވަމުން. އަޅުގަނޑުމެން މިދިޔަ އަހަރު ނިންމާލީ ގާތްގަނޑަކަށް 650 މިލިއަން ރުފިޔާގެ ސާފު ފައިދާ އާއެއްކޮށް."

މިއަހަރު ލިބޭނެ ކަމަށް ލަފާކުރައްވާ އެއް ބިލިއަން ރުފިޔާގެ ފައިދާއަކީ ވިޔަފާރީގެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. އެސްޓީއޯގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު އާމްދަނީގެ ގޮތުން 20 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުން އެއް ބިލިއަން ރުފިޔާ ހޯދާ ކުންފުންޏަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ލަނޑުދަނޑި ހާސިލުކުރުމަށް ރާވާފައި އޮތީ ވިއްކާ މިންވަރު އިތުރުކޮށްގެން ކަމަށް ޝިމާދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.