މައިގަނޑު ބަޔަށް ދާން

ހަބަރު

ސީސީބީގެ ދެ އޮފީހެއް މާލެއާއި ހުޅުމާލޭގައި ހުޅުވައިފި

ރައްޔިތުންގެ ޝަކުވާ ސީދާ ހުށަހެޅޭނެ ގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) ގެ އޮފީސް މާލެއާއި ހުޅުމާލެ ފޭސް 1 ގައި މިއަދު ހުޅުވައިފިއެވެ.

ސީސީބީގެ ދެ އޮފީހެއް މާލެއާއި ހުޅުމާލޭގައި ހުޅުވައިފި

ރައްޔިތުންގެ ޝަކުވާ ސީދާ ހުށަހެޅޭނެ ގޮތަށް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) ގެ އޮފީސް މާލެއާއި ހުޅުމާލެ ފޭސް 1 ގައި މިއަދު ހުޅުވައިފިއެވެ.

މާލޭގައި ޤާއިމުކުރި އޮފީސް ހިންގަނީ ހުޅުމާލެ ފެރީ ޓާމިނަލް ތެރޭގައެވެ. ހުޅުމާލެ ފޭސް 1 ގެ އޮފީސް ހުންނަނީ އުމަރު ޒާހިރު ބިލްޑިންގުގެ ތިރީ ފަންގިފިލާގައެވެ. މި ދެ ތަނުން ވެސް ހެނދުނު 8 އިން ހަވީރު 4 އަށް ޚިދުމަތް ދޭނެއެވެ. ހުޅުމާލެ ފޭސް 2 ގައި ވެސް ކައިރި މުސްތަޤުބަލެއްގައި އޮފީހެއް ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ދެ އޮފީހުގެ އިތުރުން ސީސީބީން ވަނީ "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި ވެބް ޕޯޓަލެއް ތަޢާރަފުކޮށްފައެވެ. އަދި 24 ގަޑިއިރު ޚިދުމަތް ލިބޭ ކޯލް ސެންޓަރެއް ވެސް ޤާއިމުކޮށް، ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ރައްޔިތުންނަށް ގުޅޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ސީސީބީ ޤާއިމުކުރެއްވީ މިދިޔަ އެޕްރީލް 16 ވަނަ ދުވަހުއެވެ. އެ ބިއުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް އުފެއްދެވި އިދާރާއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.