ސިޔާސީ މަޝްވަރާތައް ބާއްވަން ރާއްޖެއާ ފްރާންސުން އެއްބަސްވެއްޖެ
ދެ ޤައުމުގެ ދެމެދުގައި ގަވާއިދުން ސިޔާސީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ދިވެހި ސަރުކާރާއި ފަރަންސޭސިވިލާތުގެ ސަރުކާރާ ދެމެދު ލެޓަރ އޮފް އިންޓެންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދެ ޤައުމުގެ ދެމެދުގައި ގަވާއިދުން ސިޔާސީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ދިވެހި ސަރުކާރާއި ފަރަންސޭސިވިލާތުގެ ސަރުކާރާ ދެމެދު ލެޓަރ އޮފް އިންޓެންޓެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި ލިޔުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޚާރިޖީ މިނިސްޓްރީގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ މިނިސްޓަރު އިރުތިޝާމް އާދަމެވެ. ފަރަންސޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރެމީ ލެމްބާރޓެވެ.
މި ލެޓަރ އޮފް އިންޓެންޓުގެ ސަބަބުން ދެ ޤައުމުގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެ، ދެ ފަރާތަށް ފައިދާ ހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ގަވާއިދުން ބައްދަލުވުންތައް ބޭއްވޭނެ ކަމަށް ޚާރިޖީ މިނިސްޓްރީން ބުނެފައިވެއެވެ. އެ މިނިސްޓްރީން ބުނީ މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ދެ ފަރާތުން ވެސް ބޭނުންވާ މިންވަރާއި އެކަމަށް ތައްޔާރަށް ތިބި ކަން ކަމަށެވެ.
މިނިސްޓަރު އިރުތިޝާމް ވަނީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. ބައިނަލްއަޤުވާމީ ބޮޑެތި މައްސަލަތަކުގައި ދެ ޤައުމުން ދެކޭ ގޮތް އެއްގޮތްކަން ފާހަގަކުރައްވައި، ފަލަސްޠީނާ ގުޅޭ ކަންކަމުގައި ފަރަންސޭސިވިލާތުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް