ބަންކަރިން ވިޔަފާރީގެ އާމްދަނީ އެއް ބިލިއަން ރުފިޔާއަށް އަރާނެ: އެސްޓީއޯ
އެސްޓީއޯއިން ހިންގާ ބަންކަރިން ވިޔަފާރީގެ އާމްދަނީ މިއަހަރުގެ އޮކްޓޫބަރާ ހަމައަށް 70 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައި، އަހަރު ނިމޭ އިރު އެއް ބިލިއަން ރުފިޔާއަށް އާމްދަނީ އަރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެސްޓީއޯއިން ހިންގާ ބަންކަރިން ވިޔަފާރީގެ އާމްދަނީ މިއަހަރުގެ އޮކްޓޫބަރާ ހަމައަށް 70 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައި، އަހަރު ނިމޭ އިރު އެއް ބިލިއަން ރުފިޔާއަށް އާމްދަނީ އަރާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޝިމާދު ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރު ވީއެލްއެސްއެފް ވިއްކަން ފެށި ފުރަތަމަ ދެ ތިން މަހު ލިބުނީ ގާތްގަނޑަކަށް 2.9 މިލިއަން ޑޮލަރުގެ އާމްދަނީއެވެ. އެ ޢަދަދު 2025 ވަނަ އަހަރު 18 މިލިއަން ޑޮލަރަށް އިތުރުވެ، މިއަހަރުގެ އޮކްޓޫބަރާ ހަމައަށް 70 މިލިއަން ޑޮލަރު ފަހަނައަޅައި ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ޖުމްލަ އާމްދަނީއާއި ފައިދާ ކޮންމެ އަހަރަކު ވެސް ކުރީ އަހަރަށް ވުރެ އިތުރުވަމުން އަންނަ ކަމަށް ޝިމާދު ވިދާޅުވިއެވެ.
"ދެން މިއަހަރު މިހާތަނަށް އޮކްޓޯބަރާ ހަމައަށް އަޅުގަނޑުމެންނަށް މި ވިޔަފާރިން ގާތްގަނޑަކަށް 70 މިލިއަން ޑޮލަރަށް ވުރެ އިތުރަށް އާމްދަނީ ލިބިއްޖެ. އެހެންވީމާ މިދަނީ ވަރަށް ބޮޑު އެކްސްޕޯނެންޝަލް ގްރޯތަކަށް،" ޝިމާދު ވިދާޅުވިއެވެ.
ޝިމާދު ފާހަގަކުރެއްވި ގޮތުގައި ބަންކަރިން ތަޢާރަފު ނުކުރި ނަމަ އެ ފައިސާ ޤައުމުން ބޭރަށް ގޮސް، ރާއްޖެ ސަރަޙައްދުގެ ފައިދާ ނެގީހީ ބޭރުގެ ފަރާތްތަކުން ކަމަށެވެ. މިހާރު ބަންކަރިން ހިންގަނީ "ޑެމޮންސްޓްރޭޝަނެއް"ގެ ފެންވަރުގައި ކަމަށާއި، ރަނގަޅު ގޮތުގައި ވިޔަފާރި ހިންގުމަށް އިހަވަންދިއްޕޮޅު ފަދަ ސަރަޙައްދުތަކުގައި ތެޔޮ ރައްކާކުރެވޭނެ އެއްގަމު ސްޓޯރޭޖަށް އިންވެސްޓުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެސްޓީއޯގެ 2030 ގެ ލަނޑުދަނޑިއަކީ ޖުމްލަ އާމްދަނީގެ ގޮތުގައި 20 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހާސިލުކުރުމެވެ. އެ އަމާޒަށް ވާޞިލުވުމަށް ރާވާފައި އޮތީ ވިއްކާ މިންވަރު އިތުރުކޮށްގެން ކަމަށް ޝިމާދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް