ޓޫރިސްޓުންގެ މޯލްޑިވިއަން ޓިކެޓް އަގުހެޔޮކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި މި ނިންމުމާ ގުޅޭ ތަފްސީލެއް އަދި ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ. މޯލްޑިވިއަނުން ފަތުރުވެރިންގެ ޓިކެޓް އަގު ބޮޑުކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގައެވެ. އެ ފަހަރު މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ރޫޓުތަކުގެ ޓިކެޓަށް 33 ޑޮލަރު )510.18 ރުފިޔާ( އިތުރުކޮށްފައިވެއެވެ.
ޤައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކަށް ފަތުރުވެރިންގެ އަތުން ނަގަމުން އައި ބޮޑު އަގު ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުގެ މިދިޔަ އާދީއްތަ ދުވަހުގެ ބައްދަލުވުމުގައި ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި މި ނިންމުމާ ގުޅޭ ތަފްސީލެއް އަދި ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ. މޯލްޑިވިއަނުން ފަތުރުވެރިންގެ ޓިކެޓް އަގު ބޮޑުކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގައެވެ. އެ ފަހަރު މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ރޫޓުތަކުގެ ޓިކެޓަށް 33 ޑޮލަރު (510.18 ރުފިޔާ) އިތުރުކޮށްފައިވެއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު އޭރު ވިދާޅުވެފައިވާ ގޮތުގައި ޓިކެޓް އަގު ބޮޑުކުރަން ޖެހުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްފިއުލް ވިއްކާ އަގު އުފުލެމުން ދިޔުމާ ގުޅިގެންނެވެ. ރާއްޖޭގައި ޖެޓްފިއުލްގެ ލީޓަރެއްގެ އަގު 1.19 ޑޮލަރުން 1.99 ޑޮލަރަށް ބޮޑުވެފައިވެއެވެ.
"ކުރު މުއްދަތެއްގެ ތެރޭގައި މި އައީ 67 ޕަސެންޓުގެ އަގުބޮޑުވުމެއް" އެ އޮފިޝަލު ވިދާޅުވެފައިވެއެވެ.
ތެލުގެ އަގު މި މިންވަރަށް އުފުލިގެން ދިޔައީ އެމެރިކާ އާއި އިސްތިޢުމާރީ އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސް އިންސައްތަ ދައުރުވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް މައްޗަށް ގޮސް އިޤުތިޞާދީ ގޮތުން ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވެއެވެ. އޭގެ ކުރިން ވެސް މޯލްޑިވިއަނުން ފަތުރުވެރިންނަށް ޓިކެޓް ވިއްކަމުން އައީ ދިވެހިންނަށް ވިއްކާ އަގަށް ވުރެ ބޮޑުކޮށެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް