މައިގަނޑު ބަޔަށް ދާން

ހަބަރު

ފަނޑިޔާރުންނަށް މުޚާޠަބުކުރާނެ ރަސްމީ މިންގަނޑުތައް ޖޭއެސްސީން ކަނޑައަޅައިފި

ޝަރުޢީ ކޯޓުތަކުގެ އެކި ދަރަޖަތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޚާޠަބުކުރާނެ ރަސްމީ އުޞޫލެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށްފިއެވެ.

ފަނޑިޔާރުންނަށް މުޚާޠަބުކުރާނެ ރަސްމީ މިންގަނޑުތައް ޖޭއެސްސީން ކަނޑައަޅައިފި

ޝަރުޢީ ކޯޓުތަކުގެ އެކި ދަރަޖަތަކުގައި ތިއްބަވާ ފަނޑިޔާރުންނަށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޚާޠަބުކުރާނެ ރަސްމީ އުޞޫލެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އާންމުކޮށްފިއެވެ.

އެ އުޞޫލުގެ ދަށުން ސުޕްރީމް ކޯޓުގެ އެންމެ އިސް ފަނޑިޔާރަށް މުޚާޠަބުކުރާނީ "އުއްތަމަ ފަނޑިޔާރު" ގެ ނަމުންނެވެ. އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށް ބޭނުންކުރާ ލަޤަބަކީ "އޮނަރަބަލް ޖަސްޓިސް" އެވެ. ހައި ކޯޓުގެ އެންމެ އިސް ފަނޑިޔާރަށް "އިސް ފަނޑިޔާރު" ކިޔާއިރު، ދެން ތިއްބަވާ ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ "ފަނޑިޔާރު" ގެ ނަމުންނެވެ.

ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމެލީ ކޯޓާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓު ހިމެނޭ ސުޕީރިއާ ކޯޓުތަކުގެ އެންމެ އިސް ވެރިޔާއަށް "އިސް ޤާޟީ" ކިޔާ ގޮތަށް ހަމަޖެއްސިއިރު، އެ ކޯޓުތަކުގެ އެހެން ފަނޑިޔާރުންނަށް މުޚާޠަބުކުރާނީ "ޤާޟީ" ގެ ނަމުންނެވެ. ނަން ގެންނައިރު "އަލްއުސްތާޛު/އަލްއުސްތާޛާ" ނުވަތަ "ޑޮކްޓަރު" ލަޤަބު ހިމެނުން ލާޒިމުވެއެވެ. ކޯޓު ހިންގެވުމާ ހަވާލުވެ ހުންނަވާ ފަރާތްތަކަށް މުޚާޠަބުކުރާނެ ގޮތް ވެސް އެ އުޞޫލުގައި ވަކިން ބަޔާންކޮށްފައިވެއެވެ.

އަތޮޅުތެރޭ މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭ ގޮތުން ޖޭއެސްސީން ނިންމާފައިވަނީ ޖުޑީޝަލް ދާއިރާތަކުގެ އިސް ވެރިންނަށް އެ ދާއިރާގެ ނަމާ އެކު "އިސް މެޖިސްޓްރޭޓް" ކިޔައި، އެހެން ފަނޑިޔާރުންނަށް "މެޖިސްޓްރޭޓް" ގެ ނަމުން މުޚާޠަބުކުރާ ގޮތަށެވެ.

މި ސާކިއުލާގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ މަރުޙަލާއެއްގެ ކޯޓުތަކުގައި ފަނޑިޔާރުންނާ މުޚާޠަބުކުރުމުގެ އެއް ހަމައެއް ޤާއިމުކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.