ކެބިނެޓް ބައްދަލުވުމުގައި ރައީސް އިށީނދެވަޑައިގަންނަވާ ތަރުތީބު ބަދަލުކޮށްފި
ކެބިނެޓް ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ މޭޒުކޮޅުގެ ކޮޅުގައި އިށީނދެވަޑައިގެން އިންނެވި ގޮތް ބަދަލުކުރައްވައި، މޭޒުކޮޅުގެ މެދުގައި އިށީނދެވަޑައިގަންނަވާ ގޮތަށް ނޮވެމްބަރު 16 ވަނަ ދުވަހުގެ ކެބިނެޓް ބައްދަލުވުމާ އެކު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، މި ބަދަލާ އެކު ރައީސް އިށީނދެވަޑައިގަންނަވަނީ ބިސްބުރު ކެބިނެޓް މޭޒުކޮޅުގެ މެދުގައެވެ. ނައިބު ރައީސް އިންނަވަނީ ރައީސްގެ ކުރިފުޅުމައްޗަށް ވާ ގޮތަށެވެ. މިނިސްޓަރުން ތިއްބަވަނީ ދެ ފަރާތުގައެވެ.
މިއީ ދުނިޔޭގެ ޑިމޮކްރެޓިކް ޤައުމުތަކުގައި ވެސް ކެބިނެޓް ބައްދަލުވުންތައް ތަރުތީބުކޮށްފައި އޮންނަ ގޮތެވެ. އެމެރިކާގެ ވައިޓް ހައުސްގެ ކެބިނެޓް ރޫމުގައި ރައީސް އިށީނދެވަޑައިގަންނަވަނީ ބިސްބުރު މޭޒުގެ މެދުގައެވެ. ނައިބު ރައީސް އިންނަވަނީ ރައީސްގެ ކުރިފުޅުމައްޗަށް ވާ ގޮތަށެވެ. ކެބިނެޓް މެންބަރުން ތިއްބަވާ ތަރުތީބު ކަނޑައެޅެނީ އެ ބޭފުޅެއްގެ ވުޒާރާ އުފެދުނު ތާރީޚީ ތަރުތީބުންނެވެ. ހަމައެފަދައިން އިނގިރޭސިވިލާތުގެ 10 ޑައުނިން ސްޓްރީޓުގައި ވެސް ބޮޑުވަޒީރުގެ ގޮނޑިކޮޅު ހުންނަނީ މޭޒުގެ މެދުގައެވެ.
ވެރިކަމުގެ ބާރު އެކެއްގެ އަތުގައި ޖަމާވެފައި އޮންނަ ޤައުމުތަކުގައި ވެރީން އާންމުކޮށް އިށީނދެވަޑައިގަންނަވަނީ މޭޒުގެ ކޮޅުގައެވެ. ރާއްޖެއަށް މި ގެނައި ބަދަލުން ދައްކުވައިދެނީ ރައީސް ކެބިނެޓާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި އިންނަވާ ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް