ބީއެމްއެލްގެ 182 ފްލެޓުގެ މަޝްރޫޢު - ހުޅުމާލޭގައި ކޮންކްރީޓް އަޅަން ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 182 ހައުސިންގ ޔުނިޓުގެ ބިންގާ ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ބީއެމްއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގައި ބިނާކުރަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 182 އެޕާޓްމަންޓެވެ. މި މަޝްރޫޢުގެ އެންމެ ބޮޑު އެއް އަމާޒަކީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާ ހަވާލުކޮށްފައިވާ މަޝްރޫޢުގެ ދަށުން ވިލިމާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ހިމެނޭ ގޮތަށް ޖުމްލަ 3،260 އަށް ވުރެ ގިނަ ފްލެޓު އެޅުމަށް ވަނީ ނިންމައިފައެވެ. މިހާރު ވެސް މާލެ ސިޓީގެ އެކި ސަރަޙައްދުތަކުގައި 3,200 އަށް ވުރެ ގިނަ ޔުނިޓުގެ ޢަމަލީ މަސައްކަތް ކުރިއަށް ދެއެވެ.
މި ޔުނިޓުތައް ބިނާކުރުމުގައި ގިނަ ކުންފުނިތަކެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށް ހުޅުމާލޭގައި އިމާރާތްކުރާ 1،224 ޔުނިޓާއި، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން އަޅާ 1،190 ޔުނިޓާއި، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރި 364 ޔުނިޓާއި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށް ވިލިމާލޭގައި އަޅާ 300 ޔުނިޓު ހިމެނެއެވެ.
ބީއެމްއެލްއިން ބުނާ ގޮތުގައި މި ހުރިހާ ޔުނިޓެއްގެ މަސައްކަތް އެއްކޮށް ނިންމައި 2028 ވަނަ އަހަރުގެ މެދުތެރޭގައި ރައްޔިތުންނާ ހަވާލުކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް