މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްޓީސީސީން ތިން އަހަރުގެ ތެރޭގައި 93 މަޝްރޫޢެއް ފުރިހަމަކޮށްފި

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އާންމުކުރި ތަފާސްހިސާބުތަކުން، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ކުންފުނިން 93 މަޝްރޫޢެއް ކާމިޔާބުކަމާ އެކު ނިންމައިފިކަން ހާމަވެއްޖެއެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މުއްދަތުގައި ޖުމްލަ 356 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައި ކުރިއަށް ގެންގޮސްފައިވެއެވެ. މިހާރު ވެސް ރާއްޖޭގެ އެކި އަތޮޅުތަކުގެ 149 ރަށެއްގައި އެ ކުންފުނިން ތަރައްޤީގެ މަސައްކަތްތައް ކުރަމުން ގެންދެއެވެ.

ނިންމައިލި 93 މަޝްރޫޢުގެ ތެރެއިން އެންމެ ގިނައީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްތައް ކަމަށް ވާއިރު، އެ ދާއިރާއިން 19 މަޝްރޫޢެއް ފުރިހަމަކޮށްފައިވެއެވެ. އޭގެ އިތުރުން ބަނދަރު ހެދުމުގެ 14 މަޝްރޫޢަކާއި، ފުޓުބޯޅަ ދަނޑު އެޅުމުގެ ހަތް މަޝްރޫޢަކާއި، ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ ހަ މަޝްރޫޢެއްގެ އިތުރުން އައުޓްޑޯ ޖިމެއް ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ވެސް ނިންމާފައިވެއެވެ.

އެމްޓީސީސީން ބުނީ ގޮންޖެހުންތައް ހުރި ނަމަވެސް، އެ ކުންފުނީގެ އަމާޒަކީ ސަރުކާރުގެ މަޝްރޫޢުތައް ފުރިހަމަ ގޮތުގައި ނިންމައި ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.