އޭޕެކް ބައްދަލުވުމުގައި ޗައިނާއިން ސަރަޙައްދީ އެއްބާރުލުމަށް 20 މިލިއަން ޑޮލަރު ދޭން ނިންމައިފި
އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިޢުލާނުކުރައްވައިފިއެވެ.
އޭޝިޔާ-ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ގުޅުން ވަރުގަދަކުރުމަށް 20 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިޢުލާނުކުރައްވައިފިއެވެ.
ޝީ މި ނިންމެވުން ހާމަކުރެއްވީ ޗައިނާގެ ގުއަންގްޑޮންގް ޕްރޮވިންސްގެ ޝެންޒެންގައި ބުރާސްފަތި ދުވަހު ބޭއްވި 33 ވަނަ އޭޝިޔާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ގެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މި ފައިސާ ޚާއްޞަކޮށްފައިވަނީ އޭޕެކްގެ ޢަމަލީ މަސައްކަތްތަކާއި މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން ފުޅާކުރުމަށް ކަމަށެވެ.
މީގެ އިތުރުން ސިޔާސަތުތައް ދިރާސާކުރުމާއި، ޚިޔާލު ބަދަލުކުރުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި "އޭޝިޔާ-ޕެސިފިކް ކޮމިއުނިޓީ ސްޓަޑީޒް" ގެ ނަމުގައި ޚާއްޞަ މަރުކަޒެއް ޝެންޒެންގައި ޤާއިމުކުރައްވާނެ ކަމަށް ޝީ ވިދާޅުވިއެވެ. ހަމައެއާއެކު ޑިޖިޓަލް ޓެކްނޮލޮޖީ، ބޯޑަރު ހުރަސްކޮށް ޑޭޓާ ބަދަލުކުރުން، ތިމާވެއްޓާ ރައްޓެހި ހަކަތަ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރާނެ މުއައްސަސާތައް ޤާއިމުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އޭޝިޔާ-ޕެސިފިކް ސަރަޙައްދުގައި އީޖާދީ އަދި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ޝީ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް