މައިގަނޑު ބަޔަށް ދާން

ދުނިޔެ

އީރާނާ ދެކޮޅު ހަނގުރާމައަށް ޗައިނާއާއި ރަޝިޔާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

އީރާނުގެ އަސްކަރީ ބާރުތައް ބޮޑުތަނުން ބަލިކަށިކޮށްލާފައިވާ ކަމަށާއި، އެ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އީރާނާ ދެކޮޅު ހަނގުރާމައަށް ޗައިނާއާއި ރަޝިޔާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

އީރާނުގެ އަސްކަރީ ބާރުތައް ބޮޑުތަނުން ބަލިކަށިކޮށްލާފައިވާ ކަމަށާއި، އެ ހަނގުރާމަ ނިންމުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޗައިނާގެ ޝެންޒެންގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިންއާއެކު ބާއްވާ ތިން ފަރާތުގެ ބައްދަލުވުމުގެ ކުރިން ފޮކްސް ނިއުސްއަށް ދިން ބަސްދީގަތުމެއްގައި ޓްރަމްޕް ބުނީ، އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އިތުރުން ވައިގެ ދިފާޢީ ނިޒާމުތައް ބަލިކޮށްލާފައިވާ ކަމަށެވެ. އީރާނުގެ މިސައިލް ސްޓޮކް މިހާރު ހުރީ ކުރިން ހުރި މިންވަރުގެ ގާތްގަނޑަކަށް 12 ނުވަތަ 13 އިންސައްތައިގައި ކަމަށާއި، އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

"އަހަރެމެން އެއްވެސް އެހީއަކަށް ބޭނުމެއް ނުވޭ. އަހަރެމެން ވާނީ އެމީހުންގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންގެ އިތުރުން ވައިގެ ދިފާޢީ ނިޒާމުތައް ބަލިކޮށްލާފައި،" ޓްރަމްޕް ބުންޏެވެ.

ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ އަސްކަރިއްޔާއިން ނަގާފައިވާ ކަމަށާއި، ބެއިޖިންގ އަދި މޮސްކޯއިން އެ ސަރަޙައްދުގެ ނުތަނަވަސް ކަނޑުގެ ސަރަޙައްދުތަކަށް ހަނގުރާމަމަތީ މަނަވަރުތައް ނުފޮނުވާކަން ޓްރަމްޕް ފާހަގަކުރިއެވެ. ތެހެރާނާއެކު މަޝްވަރާކުރުމާ ގުޅޭ ގޮތުން ޓްރަމްޕް ބުނީ، އީރާނުގެ ވެރިން އެއްބަސްވުމަކަށް އެދުނު ނަމަވެސް، ބޭނުންވަނީ ދެމެހެއްޓެނިވި ހައްލެއް ކަމަށެވެ. "އަހަރެން މިއުޅެނީ ވަރަށް އަވަހަށް މީގެ ނިމުން ގެންނަން. ކޮންމެވެސް އެއްގޮތަކުން އަހަރެމެން މީގެ ނިމުން ގެންނާނަން،" ޓްރަމްޕް ބުންޏެވެ.

ޝީ އަދި ޕޫޓިންއާ އެއްފަހަރާ ބައްދަލުކުރުމާ ގުޅޭ ގޮތުން ޓްރަމްޕް ބުނީ، އެ ދެ ލީޑަރުންނަކީ ގުޅިގެން މަސައްކަތްކުރާ ދެ ބޭފުޅުން ކަމަށާއި، ކުރީގެ ރައީސް ބަރަކް އޮބާމާގެ ސިޔާސަތުތަކުގެ ސަބަބުން ހަކަތައިގެ ބޭނުމަށް އެ ދެ ޤައުމު އެކުވި ކަމަށެވެ. ޗައިނާއަށް ހަކަތަ ބޭނުންވާއިރު ރަޝިޔާގައި ހަކަތަ އެބަހުރި ކަމަށާއި، ދެ ލީޑަރުން ވެސް އޭނާއަށް އިހުތިރާމްކުރާ ކަމަށް ޓްރަމްޕް ބުންޏެވެ.

ވޮޝިންގޓަން ޑީސީއަށް އީރާނުން ވިހަ ގޭހާއި ބަޔޮލޮޖިކަލް ހަތިޔާރުން ހަމަލާ ދިނުމަށް ވިސްނަމުންދާ ކަމުގެ ޖާސޫސީ ރިޕޯޓުތަކާ ގުޅޭ ގޮތުން ޓްރަމްޕް ބުނީ، އެފަދަ ކަމެއް ހިނގައިފި ނަމަ އީރާނު އެއްކޮށް ނައްތައިލާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ކެބިނެޓް މެންބަރުން އަސްކަރީ މަރުކަޒުތަކުގައި ދިރިއުޅެނީ ތެހެރާންގެ އިންޒާރުތަކާ ގުޅިގެން ކަމަށް ދެކެވޭ ވާހަކަ ޓްރަމްޕް ދޮގުކުރިއެވެ.

މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްތިއުމާރީ އިޒްރޭލުން ގުޅިގެން ފެށި ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ އިޒްރޭލަށާއި ޚަލީޖުގެ ޤައުމުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. ޖޫން މަހު ފަހުމުނާމާއެއްގައި ސޮއިކުރެވުނު ނަމަވެސް، ހޮރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާ ހެދި އެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރެވިފައެއް ނުވެއެވެ. ޖުލައި މަހުން ފެށިގެން ދޭތެރެދޭތެރެއިން ކުރިމަތިލުންތައް ހިނގަމުންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.