އިސްލާމްދީން 2035 ގައި ދުނިޔޭގެ އެންމެ ބޮޑު ދީނަށް ވާނެ - ޕިއު ރިސާޗް ސެންޓަރު
ދުނިޔޭގައި އެންމެ ގިނަ ބަޔަކު ތަބާވާ ދީނަކަށް 2035 ވަނަ އަހަރާ ހަމައަށް ދާއިރު އިސްލާމްދީން ވާނެ ކަމަށް އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނެފިއެވެ.
ދުނިޔޭގައި އެންމެ ގިނަ ބަޔަކު ތަބާވާ ދީނަކަށް 2035 ވަނަ އަހަރާ ހަމައަށް ދާއިރު އިސްލާމްދީން ވާނެ ކަމަށް އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން ނެރުނު ދިރާސާ ރިޕޯޓެއްގައި ބުނެފިއެވެ.
ޕިއު-ޓެމްޕަލްޓަން ގްލޯބަލް ރިލިޖަސް ފިއުޗާސް ޕްރޮޖެކްޓުގެ ދަށުން ތައްޔާރުކުރި މި ރިޕޯޓުގައި ބަލާފައި ވަނީ 2020 އިން 2070 އާ ދެމެދު ދުނިޔޭގެ ބޮޑެތި ދީންތަކަށް އަންނާނެ ބަދަލުތަކަށެވެ. މި ބަދަލާ އެކު މިހާރު ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮތް ކްރިސްޓިއަން ދީން ދެވަނައަށް ވެއްޓޭނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. ނަމަވެސް ޤުދުރަތީ ކާރިސާތަކާއި ހަނގުރާމަތަކާއި އިޤްތިޞާދީ ހާލަތްތަކުގެ ސަބަބުން މި ލަފާކުރުންތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް އެ ސެންޓަރުން ފާހަގަކޮށްފައިވެއެވެ.
މުސްލިމުންގެ އާބާދީ މިހާ ހަލުވިކޮށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ވިހާ ރޭޓް މަތިވުން ކަމަށް ދިރާސާގައި ބުނެފައިވެއެވެ. މުސްލިމް އަންހެނެއްގެ އެވެރެޖްކޮށް 3.1 ކުދިން ތިބޭއިރު، ކްރިސްޓިއަނުންގެ ރޭޓަކީ 2.5 އެވެ. ވިހެއުމާއި މަރުވުމުގެ ނިސްބަތަށް ބަލާއިރު މުސްލިމުންގެ އާބާދީއަށް 1.6 ބިލިއަން މީހުން އިތުރުވާނެ ކަމަށް ލަފާކުރެވޭއިރު، ކްރިސްޓިއަނުންގެ ތެރޭގައި އިތުރުވާނީ 792 މިލިއަން މީހުންނެވެ.
ދީން ދޫކޮށްދާ މީހުންގެ ނިސްބަތަށް ބެލި ނަމަވެސް ތަފާތު ބޮޑެވެ. ކްރިސްޓިއަން ދީނުން 105 މިލިއަން މީހުން ވަކިވެ، އެއްވެސް ދީނަކަށް ތަބާނުވާ ބައެއްގެ ގޮތުގައި ދިރިއުޅޭނެ ކަމަށް ލަފާކުރެވޭއިރު، މުސްލިމުންގެ ތެރެއިން އެ ބަދަލު އަންނާނީ ގާތްގަނޑަކަށް އަށް މިލިއަން މީހުންނަށް ކަމަށް ދިރާސާގައި ބުނެފައިވެއެވެ.
މުސްލިމް އާބާދީ އެންމެ ބޮޑަށް އިތުރުވާނީ މިހާރު ވެސް މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ޤައުމުތަކުގައި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން 2070 ވަނަ އަހަރާ ހަމައަށް ދާއިރު ޕާކިސްތާނުގެ މުސްލިމް އާބާދީ 461 މިލިއަނަށް އަރައި، އިންޑޮނޭޝިއާ ފަހަތަށް ޖައްސައިލުމަށް ފަހު ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮތް ޤައުމަކަށް ޕާކިސްތާން ވާނެ ކަމަށް ވެސް އެ ދިރާސާ އިން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް