މެސީއަށް ކޯޗިން ސްޓާފުން ޖާގަ އެބައޮތް - ސްކަލޯނީ
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ، ލިއޮނަލް މެސީއަށް ޤައުމީ ޓީމުގެ ކޯޗިން ސްޓާފުން ޖާގަ އޮންނާނެ ކަމަށް ސަމާސާ ރާގެއްގައި ބުނެފިއެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ، ލިއޮނަލް މެސީއަށް ޤައުމީ ޓީމުގެ ކޯޗިން ސްޓާފުން ޖާގަ އޮންނާނެ ކަމަށް ސަމާސާ ރާގެއްގައި ބުނެފިއެވެ.
އާޖެންޓީނާގެ އެސިސްޓެންޓް ކޯޗު ވޯލްޓާ ސެމިއުލް އަމިއްލަ ކޯޗިން ކެރިއަރެއް ފެށުމަށް މަގާމުން ވަކިވާން ނިންމުމާ ގުޅިގެން، އެ ހުސްވި މަގާމަށް މެސީ އައިސްދާނެތޯ ނޫސްވެރިއަކު ސުވާލު ކުރިއެވެ. އެ ސުވާލަށް ޖަވާބު ދެމުން ސްކަލޯނީ ބުނީ މެސީ ބޭނުންނަމަ އެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށެވެ.
"އޭނާ މިތަނަށް އަންނަން ބޭނުންނަމަ އެއްވެސް މައްސަލައެއް ނެތް. މިހާރު ވޯލްޓާ ވެސް ނެތީމަ، ބަލާބަލަ" ހިނިތުންވުމާއެކު ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ ފާހަގަކުރި ގޮތުގައި އެއީ ރަސްމީ ނިންމުމެއް ނޫން ކަމަށާއި، ދެކެވުނީ ސަމާސާ ވާހަކައެއް ކަމަށެވެ. ކޯޗެއްގެ ގޮތުގައި މެސީ ފެނުމުގެ ކުރިން، އޭނާ އަދިވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުންތެރިއެއްގެ ގޮތުގައި ފެންނާނެ ކަމަށް ސްކަލޯނީ ގަބޫލުކުރެއެވެ. 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ވެސް މެސީ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ކަމަކަށް ސްކަލޯނީ ގަބޫލެއް ނުކުރެއެވެ.
ސްކަލޯނީ ވަނީ 2030 ވަނަ އަހަރާ ހަމައަށް އާޖެންޓީނާއާ އެކު އެއްބަސްވުން އާކޮށްފައެވެ. ކޯޗިން ސްޓާފުންގެ ތެރެއަށް މެސީ ވަނުމާ ގުޅޭ އެއްވެސް ރަސްމީ މަޝްވަރާއެއް އަދި ކުރެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް