އެމްޓީސީސީން މާވަށުގައި 15 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފި
އާބާދީގައި 2200 މީހުން ދިރިއުޅެމުން އަންނަ މާވަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. އެ ރަށު ކައުންސިލުން ވިދާޅުވާ ގޮތުގައި އެންމެ ފަހުން ދިރިއުޅުމަށް ބިން ދޫކޮށްފައިވަނީ މީގެ 20 އަހަރު ކުރިންނެވެ. މިހާރު އެއްވެސް ބޭނުމަކަށް ދޫކުރެވެން އޮތް ހުސް ބިމެއް އެ ރަށުގައި ނެތް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ލ. މާވަށުގައި ކުރިއަށް ގެންދާ 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެ މަސައްކަތް ނިންމައިފިއެވެ.
އާބާދީގައި 2200 މީހުން ދިރިއުޅެމުން އަންނަ މާވަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. އެ ރަށު ކައުންސިލުން ވިދާޅުވާ ގޮތުގައި އެންމެ ފަހުން ދިރިއުޅުމަށް ބިން ދޫކޮށްފައިވަނީ މީގެ 20 އަހަރު ކުރިންނެވެ. މިހާރު އެއްވެސް ބޭނުމަކަށް ދޫކުރެވެން އޮތް ހުސް ބިމެއް އެ ރަށުގައި ނެތް ކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގެންނެވުމުން ރައްޔިތުން އެންމެ ބޮޑަށް ހުށަހެޅީ ބިމުގެ ޖާގައިގެ ޝަކުވާއެވެ. ސަރުކާރުން ފުރަތަމަ ރޭއްވެވީ 15 ހެކްޓަރު ހިއްކުމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމުގެ ބޮޑުކަން ބައްލަވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރު 15 ހެކްޓަރު ހިމެނުއްވައި ޖުމްލަ 30 ހެކްޓަރަށް މަޝްރޫޢު ބޮޑުކުރައްވައިފައެވެ.
މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ 15 ހެކްޓަރު އެއްކޮށް ހިއްކައި ނިމިފައިވާ ކަމަށާއި ދެވަނަ ފިޔަވަހީގެ 15 ހެކްޓަރުގެ ބޮޑު ބައެއް ވެސް ނިމިފައިވާ ކަމަށެވެ.
ބިން ހިއްކުމުގެ މުޅި މަޝްރޫޢު ނިމުމުން ލޭންޑް ޔޫސް ޕްލޭނެއް އެކުލަވައިލައި އެންމެ އިސްކަމެއްގެ ގޮތުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެ ސަރަޙައްދުގައި ބޮޑު ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް މޫދަށް އެރޭނެ ސަރަޙައްދެއް ނެތް މާވަށުގައި ހިއްކާ ބިމާ ގުޅިގެން މޫދަށް އެރެވޭ ސަރަޙައްދެއް ވެސް ޤާއިމުކުރުމަށް ވަނީ ރާވައިފައެވެ.
ލިޔުންތެރިޔާ
އަހުމަދު އާހިލް ސައީދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް