ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން ހިމަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
މާލެއިން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗެއްގައި ކެބެޖެއްގެ ތެރޭގައި ފޮރުވާފައި ހުރި 40 ރަބަރު ޕެކެޓެއްގެ މަސްތުވާތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
އަހުމަދު އާހިލް ސައީދު
މާލެއިން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗެއްގައި ކެބެޖެއްގެ ތެރޭގައި ފޮރުވާފައި ހުރި 40 ރަބަރު ޕެކެޓެއްގެ މަސްތުވާތަކެތި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2026 އޮކްޓޫބަރު ހަތަރު ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެ ލޯންޗުން ގެނައި ކެބެޖެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 40 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ތަޙުޤީޤުކުރަމުން ގެންދަނީ އއ. ހިމަންދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް