Newscast
ކުޅިވަރު

އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 24 Aug 2026
އެތްލެޓިކޯ ސަޕޯޓަރުންގެ ނުރުހުމާ ހެދި އަލްވަރޭޒް އެކަހެރިކޮށް ޗޭންޖިން ރޫމަށް ފޮނުވައިފި
ޖޫލިއަން އަލްވަރޭޒް؛ ފޮޓޯ / ޔާހޫ

މެޗުގެ ފަހު 25 މިނެޓަށް ދަނޑަށް ނުކުތް އާޖެންޓީނާގެ ފޯވަޑާ ދެކޮޅަށް ވާމްއަޕް ކުރަމުން ދިޔައިރުން ފެށިގެން ސަޕޯޓަރުން ދިޔައީ މަލާމާތާ އެކު ހަޅޭއްލަވަމުންނެވެ. އެތްލެޓިކޯގެ ޕްރެކްޓިސް ދަނޑު ވަށައިގެން އޭނާއާ ދެކޮޅު ބެނާތައް ވެސް ދެމިފައި ހުއްޓެވެ. އެ ބެނާތަކުގެ ތެރެއިން ބެނާއެއްގައި "އަލްވަރޭޒް މިހާރު މި ކުލަބުން ދޭ" މިހެން ލިޔެފައިވެއެވެ.

ވިޔަރެއާލްއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގައި ބާސެލޯނާއަށް ބަދަލުވާން މަސައްކަތްކުރާ ފޯވަޑް ހޫލިއަން އަލްވަރޭޒަށް އެތްލެޓިކޯ މެޑްރިޑުގެ ސަޕޯޓަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރުމާ ގުޅިގެން ކުލަބުގެ ނިންމުމަކުން އޭނާ ވަކިން ޗޭންޖިން ރޫމަށް ފޮނުވައިފިއެވެ.

މެޗުގެ ފަހު 25 މިނެޓަށް ދަނޑަށް ނުކުތް އާޖެންޓީނާގެ ފޯވަޑާ ދެކޮޅަށް ވާމްއަޕް ކުރަމުން ދިޔައިރުން ފެށިގެން ސަޕޯޓަރުން ދިޔައީ މަލާމާތާ އެކު ހަޅޭއްލަވަމުންނެވެ. އެތްލެޓިކޯގެ ޕްރެކްޓިސް ދަނޑު ވަށައިގެން އޭނާއާ ދެކޮޅު ބެނާތައް ވެސް ދެމިފައި ހުއްޓެވެ. އެ ބެނާތަކުގެ ތެރެއިން ބެނާއެއްގައި "އަލްވަރޭޒް މިހާރު މި ކުލަބުން ދޭ" މިހެން ލިޔެފައިވެއެވެ.

ވާދަވެރި ބާސެލޯނާއަށް ބަދަލުވުމަށް އަލްވަރޭޒް މަސައްކަތް ކުރާތީ ސަޕޯޓަރުންގެ ރުޅި އޭނާއަށް އަމާޒުވީއެވެ. މެޗު ނިމުމުން އެހެން ކުޅުންތެރިން ދަނޑުމަތީގައި ސަޕޯޓަރުންނާ ބައްދަލުކޮށް ޝުކުރު އަދާކުރަމުން ދިޔައިރު އަލްވަރޭޒް ސީދާ ޗޭންޖިން ރޫމަށް ފޮނުވައިލީ ކުލަބުގެ ނިންމުމަކުން ކަމަށް ކޯޗު ޑިއެގޯ ސިމިއޯނޭ ބުންޏެވެ.

"އޭނާ ބޭނުންވަނީ ބާސެލޯނާ އަށް ދާން ކަމަށް ވަންޏާ އެކަމާ ސަޕޯޓަރުން ހިތްހަމަ ނުޖެހުން ފާޅު ކުރާނެ. އެގޮތުން އައި ހިތްހަމަ ނުޖެހުންތަކެއް އެއީ. ކުލަބުން ނިންމީ ސަޕޯޓަރުންނާ ޝުކުރު އަދާކުރަން ދަނޑުމަތީގައި ހުރުމުގެ ބަދަލުގައި އަލްވަރޭޒް ޗޭންޖިން ރޫމަށް ދާން. އެއީ އެންމެ ރަނގަޅި ގޮތް ކަމަށް ނިންމީ ކުލަބުން" ސިމިއޯނޭ ބުންޏެވެ.

ސަޕޯޓަރުން ކުޅުންތެރިއަކަށް ފާޅުގައި މަލާމާތްކުރުމަށް ތާއީދުކުރަންތޯ ކުރެވުނު ސުވާލަށް ސީދާ ޖަވާބެއް ނުދީ ސިމިއޯނޭ ބުނީ ތާއީދުކުރަނީ ސަޕޯޓަރުންގެ ރޫހަށް ކަމަށެވެ. އެތްލެޓިކޯގެ މިޑްފީލްޑަރު ކޯކޭ ވެސް މި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކިއެވެ.

"އޭނާއާ މެދު އަހަރެން ދެރަވަން. ވަރަށް އުނދަގޫ ފައްތަރެއްގައި އޭނާ އެހުރީ. ބާސެލޯނާ އަށް ދާން އޭނާ ބޭނުންވާނަމަ އެކަމަށް ސަޕޯޓަރުން ހިތްހަމަ ނުޖެހޭނެ. އަހަރުމެންގެ ވާދަވެރި ކުލަބެއް އެއީ. އެތްލެޓިކޯގައި ވެސް އުސޫލުތަކެއް ހުންނާނެ. އަހަރުމެން އެކަންކަމަށް އިހްތިރާމް ވެސް ކުރަންވާނެ" ކޯކޭ ބުންޏެވެ.

އެތްލެޓިކޯއިން ނިންމާފައި އޮތީ ބާސެލޯނާ ފިޔަވައި އެހެން ކޮންމެ ކުލަބަކަށް ވެސް އަލްވަރޭޒް ދޫކޮށްލެވިދާނެ ކަމަށެވެ. އެހެން ނަމަވެސް އަލްވަރޭޒް ދާން ބޭނުންވާ ހަމައެކަނި މަންޒިލަކީ ބާސެލޯނާ ކަމަށް ވުމުން މި މައްސަލައަށް ހައްލެއް ލިބޭނެ ގޮތެއް އަދި ސާފެއް ނުވެއެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި
ކުޅިވަރު 24 Aug 2026

ޔޫއެފާގެ ރައީސް ކެފަރިން ފީފާގެ ރައީސްކަމަށް ވާދަނުކުރާނެކަން ހާމަކޮށްފި

ޕޮޑްކާސްޓެއް ކަމުގައިވާ "ދަ ރެސްޓް އިސް ޕޮލިޓިކްސް: ލީޑިން" އަށް ދިން ބަސްދީގަތުމެއްގައި ކެފަރިން ބުނީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ފަހަކަށް އައިސް ހިނގި ކަންކަމާ ގުޅިގެން ވާހަކަ ނުދައްކާ ކަމަށެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އިންތިޚާބުގައި އިންފަންޓީނޯ ބައިވެރިވެއްޖެ ނަމަ އޭނާއަށް ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކެފަރިން ބުނެފައިވެއެވެ. ޔޫރަޕުގެ ފުޅާ ތާއީދާ އެކު އިންފަންޓީނޯއާ ދެކޮޅު ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ކެންޑިޑޭޓަކީ ކެފަރިން ނޫން ކަމަށް އޭނާ ވަނީ ސާފުކޮށްދީފައެވެ.

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި
ހަބަރު 24 Aug 2026

ކުދި ރަށްރަށުގެ ކައުންސިލުތަކަށް އެ އަތޮޅެއްގެ އެހެން ރަށަކުން މުވައްޒަފުން ނެގޭނެ އުޞޫލެއް ހަދައިފި

އެ ކޮމިޝަނުން ތައްޔާރުކުރި މި އުޞޫލު ލާޒިމުކުރާ ގޮތުން ވަޒީފާއަށް ހުޅުވައިލާ މަޤާމަކީ އެ ރަށެއްގެ ކައުންސިލް އިދާރާގެ އިދާރީ އޮނިގަނޑުގެ ތެރޭގައި ހިމެނޭ އަދި މާލީ ގޮތުން ޚަރަދު ހަމަޖެހިފައި އޮތް މަޤާމަކަށް ވާންޖެހެއެވެ. ފުރުޞަތު ހުޅުވައިލާނީ ހަމައެކަނި އެ ރަށް ހިމެނޭ އަތޮޅުގެ ހުރިހާ ރަށެއް ޝާމިލުވާ ގޮތަށެވެ.

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ
ހަބަރު 24 Aug 2026

ޑައިވިން ހާދިސާތަކުގައި ފުރާނަ ސަލާމަތްކުރުމަށް ޚާއްޞަ ޔުނިޓެއް ސިފައިންނަށް ލިބިއްޖެ

އެ ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި
ހަބަރު 24 Aug 2026

ވިޒިޓް މޯލްޑިވްސް ހިންގެވުމާ ހަވާލުވެ ހުންނެވި ޝިއުރީ މަޤާމު އިސްތިޔުފާ ދެއްވައިފި

އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ޝިއުރީ އަދި އެއްވެސް ތަފުސީލެއް ހާމައެއް ނުކުރައްވައެވެ. ޝިއުރީ އެ މަޤާމަށް އައްޔަނުކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވެ.

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ހަބަރު 24 Aug 2026

އދ.ގެ 16 އިދާރާއެއްގެ އެހީގައި ރާއްޖެ ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އދ.ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ހާއޯ ޖަންގެވެ. 2027 އިން 2031 އަށް ދެމިގެންދާ މި އޮނިގަނޑަކީ އދ.ގެ ތަރައްޤީގެ ނިޒާމުގެ ތެރެއިން ބައްޓަންކުރެވުނު އެންމެ މަތީ ފެންވަރުގެ އިސްތިރާޖީ އަދި ތަންފީޒީ ލިޔުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ރަސްމާލެއިން 716 ހެކްޓަރު ހިއްކައި ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ރެކޯޑް ހޯދައިފި
ހަބަރު 24 Aug 2026

ރަސްމާލެއިން 716 ހެކްޓަރު ހިއްކައި ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ރެކޯޑް ހޯދައިފި

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު ނާޝިދު މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި ޖުމްލަ 1،150 ހެކްޓަރު ހިއްކުމަށް ރާވާފައިވާ މި މަޝްރޫޢުގެ ތެރެއިން 716 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިމިފައިވެއެވެ. ކުރިން ރާއްޖޭގެ ބިމުގެ ގޮތުން އެންމެ ބޮޑު ރަށެއްގެ ގޮތުގައި އޮތީ 609 ހެކްޓަރުގެ ހައްދުންމަތީ ގަން ކަމަށް ވިޔަސް ރަސްމާލެ މިހާރު އެ ރަށަށް ވުރެ 107 ހެކްޓަރު ބޮޑު ކަމަށް ނާޝިދު ވިދާޅުވިއެވެ.