Newscast
ހަބަރު

ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރެވޭ ސިމް ކާޑުގެ ޢަދަދު އެކަކަށް ލިމިޓުކުރަން ނިންމައިފި

ލިޔުނީ: އަހުމަދު އާހިލް ސައީދު 19 Aug 2026
ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރެވޭ ސިމް ކާޑުގެ ޢަދަދު އެކަކަށް ލިމިޓުކުރަން ނިންމައިފި
ފޯނު ތަކެއް ސްޓޯރ ގައި

މިދިޔަ އާދީއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި ފާސްކުރި މި ނިންމުމުގެ ތަފްޞީލް ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބާވަތުގެ ބިދޭސީ ފަރާތަކަށް ދޫކުރެވޭނީ ހަމައެކަނި އެއް ސިމް ކާޑެވެ.

ރާއްޖޭގައި ހުނަރުވެރި ނޫން ބިދޭސީ މަސައްކަތްތެރިންނަށް ދެން ގެންގުޅެވޭނީ އެންމެ ސިމް ކާޑެއް ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި ފާސްކުރި މި ނިންމުމުގެ ތަފްޞީލް ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ބާވަތުގެ ބިދޭސީ ފަރާތަކަށް ދޫކުރެވޭނީ ހަމައެކަނި އެއް ސިމް ކާޑެވެ.

އެ ސިމް ކާޑު ގެއްލުމެއް ނުވަތަ ހަލާކުވުމެއް ދިމާވެއްޖެ ނަމަ ފުލުހުންނަށް ރިޕޯޓު ހުށަހެޅުމަށް ފަހު ކަނޑައެޅިފައިވާ ވަކި އިޖުރާއަތްތަކެއް ފުރިހަމަކޮށްގެން ނޫނީ އާ ނަންބަރެއް ލިބެން ނޯންނާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ހަމައެހެންމެ ޖަލުތަކުގެ ތެރެއަށް ޤާނޫނާ ޚިލާފަށް ސިމް ކާޑު ވައްދާ މައްސަލައާ ގުޅިގެން އެ ސިމް ކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެއެވެ.

ވަޒީފާ އަދާކުރުމަށް ރާއްޖެ އަންނަ ބިދޭސީންގެ ނަމުގައި ސިމް ކާޑު ނެގުމަށް ފަހު ސްކޭމް ހިންގުމާއި އެ ނޫން ވެސް ކުށުގެ ޢަމަލުތަކުގައި އެ ސިމް ކާޑުތައް ބޭނުންކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިދިޔަ މަހު ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ ޖުމްލަ 590,079 މީހުންގެ ތެރެއިން 196,024 މީހުންނަކީ ބިދޭސީންނެވެ.

ލިޔުންތެރިޔާ

އަހުމަދު އާހިލް ސައީދު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ

ޖަލަށް ފޯނު ވައްދާ ސިމްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ކެބިނެޓުން ނިންމައިފި
ހަބަރު 19 Aug 2026

ޖަލަށް ފޯނު ވައްދާ ސިމްގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ކެބިނެޓުން ނިންމައިފި

ރައީސް އޮފީހާ ޙަވާލާދީ ބުނެފައިވާ ގޮތުގައި އެ ނިންމުމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް ބިދޭސީ މަސައްކަތްތެރިންނަށް އެއް ސިމް ކާޑަށް ވުރެ ގިނައިން ނުވިއްކުމަށް ވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.

އެފްޑީސީން އަމާން ޓަވަރުގެ އޭސީ ޑްރެއިން މައްސަލަ ޖުލައި 12 ގެ ކުރިން ރަނގަޅުކުރަން އަންގައިފި
ހަބަރު 19 Aug 2026

އެފްޑީސީން އަމާން ޓަވަރުގެ އޭސީ ޑްރެއިން މައްސަލަ ޖުލައި 12 ގެ ކުރިން ރަނގަޅުކުރަން އަންގައިފި

އެފްޑީސީން ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭސީ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ޚާއްޞަ ޕައިޕާ ގުޅާފައި ނުވުމުން ޝާފްޓް ސަރަޙައްދުތަކަށް ފެން ޖަމާވެ ޢިމާރާތާއި އެހެން ފްލެޓްތަކަށް ވެސް ގެއްލުން ލިބެމުންދާ ކަމަށެވެ.

ވިލިމާލޭގައި މަސް ހިއްކުމުގެ ސާފުތާހިރުކަން ދަށްވެ އިސްލާހީ ފިޔަވަޅު އަޅައިފި
ހަބަރު 19 Aug 2026

ވިލިމާލޭގައި މަސް ހިއްކުމުގެ ސާފުތާހިރުކަން ދަށްވެ އިސްލާހީ ފިޔަވަޅު އަޅައިފި

ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ބިންމަތީގައި ސަތަރި އެޅުމަށް ފަހު އޭގެ މަތީގައި މަސް ހިއްކަން ބަހައްޓާފައި ހުރި މަންޒަރު ފެނިފައިވެއެވެ. މިއީ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ އުސޫލުތަކާ ފުށުއަރާ ޢަމަލެއްގެ ގޮތުގައި ކައުންސިލުން ސިފަކޮށްފައިވެއެވެ.

ޓޫރިސްޓުންގެ މޯލްޑިވިއަން ޓިކެޓް އަގުހެޔޮކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
ހަބަރު 19 Aug 2026

ޓޫރިސްޓުންގެ މޯލްޑިވިއަން ޓިކެޓް އަގުހެޔޮކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި މި ނިންމުމާ ގުޅޭ ތަފްސީލެއް އަދި ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ. މޯލްޑިވިއަނުން ފަތުރުވެރިންގެ ޓިކެޓް އަގު ބޮޑުކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގައެވެ. އެ ފަހަރު މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ރޫޓުތަކުގެ ޓިކެޓަށް 33 ޑޮލަރު )510.18 ރުފިޔާ( އިތުރުކޮށްފައިވެއެވެ.

ބްރެޒިލްގެ ކާލޮސް އިސްލާމްދީން ޤަބޫލުކުރި ކަމުގެ ޚަބަރު ފެތުރިއްޖެ
ދުނިޔެ 19 Aug 2026

ބްރެޒިލްގެ ކާލޮސް އިސްލާމްދީން ޤަބޫލުކުރި ކަމުގެ ޚަބަރު ފެތުރިއްޖެ

މި ވާހަކަ ހާމަކޮށްފައިވަނީ ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިންއެވެ. ޝާހިން ބުނާ ގޮތުގައި ކާލޮސްއަށް ޝަހާދަތް ލައިދިނީ ބްރެޒިލްގެ މުސްލިމް ޖަމާޢަތުގެ އިސް ބޭކަލެއް ކަމުގައިވާ ޝައިޚް ޖިހާދް ހަމަދާއެވެ. އިސްލާމްދީނަށް ވަނުމުގެ ކުރިން އެކި ފަހަރުމަތިން ކާލޮސް ވަނީ ޝައިޚް ޖިހާދާ ބައްދަލުކޮށްފައި ކަމަށާއި ތުރުކީގައި އޭނާއާ ވެސް ކާލޮސްއާ ދިމާވި ކަމަށް ޝާހިން ބުނެފައިވެއެވެ.

ވީއައިއޭއަށް އައު އެއާލައިންތައް ގެނައުމާ ގުޅޭ ގޮތުން ރަޝިއާގައި މަޝްވަރާކުރަނީ
ހަބަރު 19 Aug 2026

ވީއައިއޭއަށް އައު އެއާލައިންތައް ގެނައުމާ ގުޅޭ ގޮތުން ރަޝިއާގައި މަޝްވަރާކުރަނީ

މި މަހުގެ 17 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ވަފުދު ޒިޔާރަތްކުރަނީ މޮސްކޯ އަދި ސެއިންޓް ޕީޓާސްބާގަށެވެ. ދަތުރުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓު ކަމުގައިވާ ރަޝިއާއިން އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމާއި ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމެވެ.