މައިގަނޑު ބަޔަށް ދާން

ހަބަރު

ސުނާމީ އިންޒާރުގެ ނަމުގައި ދައުރުވާ މެސެޖު ދޮގު - އެންޑީއެމްއޭ

ރާއްޖެއަށް ސުނާމީއެއް އަރައިފާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މެސެޖެއް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

ސުނާމީ އިންޒާރުގެ ނަމުގައި ދައުރުވާ މެސެޖު ދޮގު - އެންޑީއެމްއޭ

ރާއްޖެއަށް ސުނާމީއެއް އަރައިފާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މެސެޖެއް ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފިއެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސް، އެކަމާ ގުޅިގެން ރާއްޖެއަށް ސުނާމީއެއްގެ ނުރައްކާ އޮތް ކަމަށް އެންޑީއެމްއޭއިން އިންޒާރު ދީފައިވާ ކަމަށް ބުނާ މެސެޖެއް މިއަދު ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފެތުރެން ފެށުމާ އެކު ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވެއެވެ.

އެންޑީއެމްއޭއިން ބުނީ އެ ސަރަހައްދަށް އެފަދަ ބިންހެލުމެއް އައި ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ނުވާ ކަމަށާއި، ސުނާމީގެ އެއްވެސް އިންޒާރެއް ނުވަތަ އެންގުމެއް ވެސް އެ އިދާރާއިން ނެރެފައި ނުވާނެ ކަމަށެވެ. ދައުރުވަމުންދާ ލިޔުމަކީ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވައިލާފައިވާ ލިޔުމެއް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެންޑީއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ "މި އޮތޯރިޓީގެ ނަމުގައި ދައުރުވަމުން އަންނަ މި މެސެޖަކީ ހަޤީގީ މެސެޖެއް ނޫންކަމުގައި ދަންނަވަމެވެ. މި އޮތޯރިޓީއިން ޢާއްމުންނާ ޙިއްސާކުރާ މަޢުލޫމާތާއި އިރުޝާދު ދެމުންގެންދާނީ މި އޮތޯރިޓީގެ ރަސްމީ މަންސަތަކުންނެވެ. މިކަން ހުރިހާ ފަރާތްތަކުންވެސް ކަށަވަރުކުރުމަށް އެދެމެވެ،" ކަމަށެވެ.

ގުދުރަތީ ކާރިސާތައް ފަދަ އާންމު ސަލާމަތާ ގުޅޭ ނާޒުކު މައުލޫއުތަކުގައި ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށާއި، މައުލޫމާތު ހިއްސާކުރުމުގައި ޒިންމާދާރުކަމާ އެކު އަމަލުކުރުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.