މައިގަނޑު ބަޔަށް ދާން

ހަބަރު

ހަރުދަނާ އަޚުލާޤެއްގެ މަތީގައި ތިބުމަށް މިނިސްޓަރު ހީނާ ގޮވާލައްވައިފި

ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ހަރުދަނާ އަޚުލާޤެއްގެ މަތީގައި ދެމިތިބުން މުހިންމު ކަމަށް ވިދާޅުވެ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު މިރޭ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގޮވާލައްވައިފިއެވެ.

ހަރުދަނާ އަޚުލާޤެއްގެ މަތީގައި ތިބުމަށް މިނިސްޓަރު ހީނާ ގޮވާލައްވައިފި

ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ހަރުދަނާ އަޚުލާޤެއްގެ މަތީގައި ދެމިތިބުން މުހިންމު ކަމަށް ވިދާޅުވެ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު މިރޭ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ގޮވާލައްވައިފިއެވެ.

އެ ޖަލްސާގައި މަރުޙަބާ އާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހީނާ ވިދާޅުވީ ޖުމްހޫރިއްޔަތަކީ ވެރިކަމުގައި ރައްޔިތުންނަށް ބައިވެރިވުމުގެ ޙައްޤާއި މިނިވަންކަން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ ޖުމްހޫރީ ވެރިކަމުގެ ބިންގަލަކީ ވެސް އަދި ތަރަހައަކީ ވެސް ރައްޔިތުން ކަމަށެވެ.

ދިވެހި ދައުލަތުގެ ގަދީމީ ތާރީޚަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ 1,500 އަހަރަށް ވުރެ ކުރީއްސުރެ ދިވެހި ވެރިކަމުގެ ޚަބަރުތައް ފެންނަން ހުރުމަކީ ޤައުމުގެ ދޮށިކަމާއި ހައިބަވަންތަކަން ހާމަވާ ކަމެއް ކަމަށެވެ. އަދި 1953 ވަނަ އަހަރާ ހަމައަށް އޮތް ރަސްކަމުގައި ވެސް ޖުމްހޫރީ ސިފަތައް އެކުލެވިފައި އޮތުމަކީ ލިބުނު ފަޚުރެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަރުޙޫމު އިބްރާހީމް ޝިހާބުގެ ނަސޭހަތްޕުޅުތައް ހަނދުމަ އާކުރައްވައި، އެކަމަނާ ވަނީ އަނެކުންނަށް އިޙްތިރާމްކޮށް ޤައުމަށް އިޚްލާޞްތެރިވުމަށް ގޮވާލައްވައިފައެވެ. އެ ޖަލްސާގައި މިނިސްޓަރު ވަނީ ޚިދުމަތްތެރީންގެ އަގުވަޒަންކުރައްވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދެންނެވައި، ޝަރަފާއި އިނާމު ލިބިވަޑައިގެންނެވި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.